Advertisement

މާފުށިވަރު ރިސޯޓުގައި ބޮއެ އަޅަން ފައިބާ އުޅުނު ޒުވާނަކު މަރުވެއްޖެ

30 ޖަނަވަރީ 2023 - 21:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އދ. އަތޮޅުގައި އޮންނަ މާފުށިފަރު ރިސޯޓު - ފޮޓޯ: އަގޯޑާ


މާފުށިވަރު ރިސޯޓުގައި ބޮއެ އަޅަން ފައިބާ އުޅުނު ޒުވާނަކު މަރުވެއްޖެ

30 ޖަނަވަރީ 2023 - 21:42 0

އދ. އަތޮޅުގައި އޮންނަ މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއެ އަޅަން ފައިބާ އުޅުނު ޒުވާނަކު މަރުވެއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ 18 އަހަރުގެ ފިރިހެނެކެވެ.

އޭނާ މަރުވެފައިވަނީ ބޮއެ އަޅަން މޫދަށް ފައިބާ އުޅުމުގެ ތެރޭގައި ހާލުދެރަވެގެން އެ އަތޮޅު މަހިބަދޫއަށް ގެންގޮސް އެ ރަށު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ އިތުރު ތަފުސީލެއް ނުވަތަ މަރުވި ފަރާތަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭ 18:54 ހާއިރު ކަމަށްވެ އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން އެ އިދާރާއިން ބަލަމުންދާ ކަމަށެވެ.