Advertisement

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަކީލު އާއެކު ތިން ބޭފުޅަކު ކުރިމަތިލައްވައިފި

30 ޖަނަވަރީ 2023 - 19:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު --


ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަކީލު އާއެކު ތިން ބޭފުޅަކު ކުރިމަތިލައްވައިފި

30 ޖަނަވަރީ 2023 - 19:10 0

މިހާރު ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލުއާ އެކު ޖުމްލަ ހަތަރު ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ މިއަދު އެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވެފައިވާއިރު މިފަހަރު ޖޭއެސްސީން ހުޅުވާލާފައިވަނީ އެއް މަގާމަށް ކުރިމަތިލުމުގެ ފުރުސަތެވެ.

މި މަހުގެ 16 ވަނަ ދުވަހު ހުޅުވާލި ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ކުރިމަތިލާފައިވާ ފަރާތްތައް ކަމަށް ޖޭއެސްސީން ބުނެފައިވަނީ އިސްގާޒީ ޝަކީލް އާއި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ އިތުރުން ހުސައިން ޝަހީބް އަދި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

މި ނަންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިސްގާޒީ ޝަކީލަކީ ވ. އާރަށް ވިއްކާލި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑަރިން އަދި ރިޝްވަތު ހިފުމުގެ މައްސަލަ ބެއްލެވި ގާޒީ އެވެ. ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ހައި ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 54،300 ރުފިޔާ ލިބެ އެވެ.