Advertisement

ޕާކިސްތާނުގައި ހިނގި ދެ އެކްސިޑެންޓެއްގައި 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

30 ޖަނަވަރީ 2023 - 07:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަސް އެކްސިޑެންޓުވި ސަރަހައްދު. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޕާކިސްތާނުގައި ހިނގި ދެ އެކްސިޑެންޓެއްގައި 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

30 ޖަނަވަރީ 2023 - 07:41 0

އާދީއްތަ ދުވަަހު ޕާކިސްތާނުގައި ހިނގި ދެ އެކްސިޑެންޓެއްގައި 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ހުޅަނގު ދެކުނުގެ ފަރުބަދަ މަތީ ހިސާބެއްގައި ބަަހެއް ފުރޮޅާލައި ވެއްޓުމުން 41 މީހުން މަރުވި އެވެ. އަދި ހުޅަނގު އުތުރުގައި ބޯޓެއް ބަންޑުން ޖަހާލައި 10 ކުދިން މަރުވި އެވެ.

ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ކުދިންގެ ތެރެއިން މިހާތަނަށް ފެނުނީ ހަތް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ހަށިތަކެވެ.

ބަސް އެކްސިޑެންޓުވި ހިސާބުގައި އުޅޭ އޮފިޝަލުން ބުނީ މަރުވި މީހުންނަކީ ކޮން ބަޔެއްކަން ވަކިކުރަން ނޭނގޭ ވަރަށް އަނިޔާވެފައިވާ ކަމަށެވެ.

ބަސް އެކްސިޑެންޓުވީ ބަލޮޗިސްތާން ޕްރޮވިންސްގެ ދެކުނު ބޭލާ ސިޓީގަ އެވެ. އެއީ ކަރާޗީއަށް ދަތުރު ކުރަމުން ދިޔަ ބަހެކެވެ.

ބަސް އެކްސިޑެންޓުގައި 40 މީހުން މަރުވި އިރު، ތިން މީހުންނަށް އަނިޔާވި އެވެ. އޭގެ ތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވި އެވެ. އަނެއް ދެ މީހުންގެ ހާލު ސީރިއަސް އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބަސް ފުރޮޅާލުމުގެ ކުރިން ބްރިޖެއްގެ ތަނބެއްގައި ޖެހުނެވެ. އޮފިޝަލުން ބުނީ ހާދިސާ ހިނގި ގޮތް ބަލާނެ ކަމަށާއި މަރުވި މީހުން ދެނެގަންނަން ޑީއެންއޭ ޓެސްޓު ހަދާނެ ކަމަށެވެ.

ބޯޓު ބަންޑުން ޖަހާލި ހާދިސާ ހިނގީ އަފްގާނިސްތާން ބޯޑަރު ކައިރިން ހައިބަރް ޕަހްތުންހްވާ ޕްރޮވިންސްގެ ކޯހަތު ސަަރަހައްދުގައި އޮންނަ ތަންޑާ ޑޭމް ފެންގަނޑުގަ އެވެ.

އެ ހިސާބުގެ އޮފިޝަލުން ބުނީ 10 ކުދިން މަރުވި އިރު، 11 ކުދިން ސަލާމަތް ކުރި ކަމަށެވެ. އޭގެ ތެރެއިން ހަ ކުއްޖެއްހެ ހާލު ސީރިއަސް އެވެ. އިތުރު ނުވަ ކުދިން އަދިވެސް ނުފެނެ އެވެ.

ބޯޓު ބަންޑުން ޖަހާލީ އެ ހިސާބުގެ މަދަރުސާއެއްގެ ކުދިން ގޮވައިގެން ދަތުރު ކުރަމުން ދަނިކޮށެވެ. ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.