Advertisement

ޔޫކްރެއިނުން ހޮސްޕިޓަލަކަށް ދިން ހަމަލާގައި 14 މީހުން މަރުވެއްޖެ

29 ޖަނަވަރީ 2023 - 08:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހަމަލާގައި ހޮސްޕިޓަލަށް ގެއްލުން ލިބިފައި. -- ފޮޓޯ: ޓަސް


ޔޫކްރެއިނުން ހޮސްޕިޓަލަކަށް ދިން ހަމަލާގައި 14 މީހުން މަރުވެއްޖެ

29 ޖަނަވަރީ 2023 - 08:10 0

ރަޝިއާއިން ކޮންޓްރޯލް ކުރާ ޔޫކްރެއިންގެ އިރުމަތީ ލުހާންސްކް ސަރަހައްދުގައި ހުންނަ ހޮސްޕިޓަލަކަށް ޔޫކްރެއިނުން ދިން ހަމަލާއެއްގައި 14 މީހުން މަރުވެ 24 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނ ނޮވޮއައިޑާރް އަވަށުގެ ހޮސްޕިޓަލަށް ހަމަލާދިނީ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށެވެ. ހަމަލާދިނީ އެމެރިކާގައި އުފައްދާފައިވާ ހިމާސް ރޮކެޓުތަކެއް ބޭނުންކޮށްގެން ކަމަށް ވެސް ބުންޏެވެ.

މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލި މީހުން ހިމެނެ އެވެ. ރަޝިއާއިން ބުނީ ގަސްދުގައި މެޑިކަލް ފެސިލިޓީއަކަށް ހަމަލާ ދިނުމަކީ ޔޫކްރެއިން ސަރުކާރުން ހިންގި ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

ހޮނިހިރު ދުވަހު ރަޝިއާއިން ވެސް ޔޫކްރެއިން ސިޓީތަކަށް ހަމަލާދިނެވެ. އެގޮތުން އިރުމަތީ ކޮންސްޓަންޓިނިވްކާ ސިޓީއަށް ދިން ހަމަލާތަކުގައި ތިން މީހުން މަރުވެ ދެ މީހުންނަށް އަނިޔާވި ކަމަށް އެ ހިސާބުގެ ގަވަރުނަރު ވިދާޅުވި އެވެ.

ޔޫކްރެއިނުން ބުނީ ރަޝިއާގެ ހަމަލާތައް އަމާޒުކުރީ މީހުން ދިރިއުޅޭ އިމާރާތްތަކާއި އާއްމު އިމާރާތްތަކަށް ކަމަށެވެ. އެޕާޓްމަންޓްތައް ހުންނަަ އިމާރާތްތަކަށް ލިބިފައި ހުރި ގެއްލުން ފެންނަ ފޮޓޯތައް ޔޫކްރެއިންގެ އޮފިޝަލުން އާއްމުކުރި އެވެ.

ހަނގުރާމައަށް އަހަރެއް ވާން ގާތްވެފައިވާ އިރު، ރަޝިއާގެ ލަނޑުދަނޑިއަކީ އިރުމަތީ ޑޮނެސްކްގެ ފުރިހަމަ ކޮންޓްރޯލް ހޯދުމެވެ. އެއީ ރަޝިއާގެ ސަރަހައްދެއްގެ ގޮތުގައި މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

ޔޫކްރެއިނުން ބުނީ ރަޝިއާ ސިފައިން އިރުމަަތީީގައި ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށާއި ވަކިން ހާއްސަކޮށް ވުހެލްޑާރް އަދި ބަހްމޫތު ސިޓީ ފާހަގަކުރެވޭ ކަމަށެވެ. ހުކުރު ދުވަހު ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވީ އިރުމަތީގެ ހާލަތު ގޯސް ކަމަށެވެ.