Advertisement

އެމްޑީޕީ ޕްރައިމަރީ: ރަތަފަންދޫއިން ހައްޔަރުކުރި ތިން މީހުން ވެސް ދޫކޮށްލައިފި

28 ޖަނަވަރީ 2023 - 20:08 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އެމްޑީޕީ ޕްރައިމަރީގައި މީހަކު ވޯޓު ލަނީ؛ ހަމަނުޖެހުން ހިންގައިގެން ރަތަފަންދޫއިން ހައްޔަރުކުރި ދެ މީހުން ވަނީ ދޫކޮށްލާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެމްޑީޕީ ޕްރައިމަރީ: ރަތަފަންދޫއިން ހައްޔަރުކުރި ތިން މީހުން ވެސް ދޫކޮށްލައިފި

28 ޖަނަވަރީ 2023 - 20:08 0

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން ހަމަނުޖެހުން ހިންގި މައްސަލައިގައި ގދ. ރަތަފަންދޫއިން ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި އެވެ.

ރަތަފަންދޫއިން ތިން މީހަކު ހައްޔަރުކުރީ، ޕްރައިމަރީގައި ވޯޓުލުމަށް އެ ރަށުގައި ބެހެއްޓި ވޯޓު ފޮށި ފަޅާލި ކަމުގެ ތުހުމަތުގަ އެވެ. އެ ތިން މީހުން ދޫކޮށްލާފައިވާކަން ފުލުހުން ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދީފަ އެވެ.

ފުލުހުން އިތުރަށް ބުނީ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަޝީދުގެ ޓީމުން ބުނާ ގޮތުގައި ރަތަފަންދޫއިން ހައްޔަރުކޮށްފައިވަނީ ނަޝީދުގެ ދެ އޮބްޒާވަރުންނެވެ.

މިއަދުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިންގާފައިވާއިރު، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ކުރި ހޯއްދަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިހާތަނަށް ގުނި ވޯޓު ފޮށިތަކުން ދައްކާ ގޮތުން ގާތްގަނޑަކަށް 35،000 މީހުން ވޯޓުލާން ނިކުތެވެ. ވޯޓުލުމުގެ ހައްގު ލިބުނީ 57،257 މީހުންނަށެވެ. އެހެންކަމުން މިއީ ސިޔާސީ ޕާޓީއަކުން ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބެވެ.