Advertisement

އިންޑިއާ ސިފައިންގެ ދެ ޖެޓު ޖެހި ޕައިލެޓަކު މަރުވެއްޖެ

28 ޖަނަވަރީ 2023 - 16:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެކްސިޑެންޓަށް ފަހު ޖެޓު ވެއްޓުނު ސަރަހައްދު. -- ފޮޓޯ: ރޮއިޓާޒް


އިންޑިއާ ސިފައިންގެ ދެ ޖެޓު ޖެހި ޕައިލެޓަކު މަރުވެއްޖެ

28 ޖަނަވަރީ 2023 - 16:31 0

އިންޑިއާގެ މެދުތެރޭގައި ވައިގެ ތެރެއިން ސިފައިންގެ ދެ ޖެޓު ޖެހި ހިނގި އެކްސިޑެންޓެއްގައި ޕައިލެޓަކު މަރުވެއްޖެ އެވެ.

އެއާ ފޯސްއިން ނެރުނު ބަޔާނުގައި ބުނީ އެކްސިޑެންޓު ހިނގީ ރޫޓީން އޮޕަރޭޝަނެއްގެ ގޮތުން ތަމްރީން މިޝަނެއް ކުރިއަށް ގެންދަނިކޮށް ކަމަށެވެ.

ދެ ޖެޓު ވެސް ނައްޓާލީ މަދްޔަ ޕްރަދޭޝްގެ ގްވާލިއީ ވައިގެ މަރުކަޒުންނެވެ. ދެ ޖެޓު ވެއްޓުނީ އެ ތަނާ 50 ކިލޯމީޓަރު އިރުމަތިންނެވެ.

އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަން އެއާ ފޯސްއިން ވަނީ އަމުރުކޮށްފަ އެވެ. ވެއްޓުނީ ދެ ޕައިލެޓުން ތިބި ރަޝިއާގައި އުފެއްދި ސުހޮއި ސޫ-30 ޖެޓަކާއި އެންމެ ޕައިލެޓެއް އިން ފްރާންސްގައި އުފެއްދު މިރާޖް 2000 ޖެޓެކެވެ.

ފުލުހުން ބުނީ އެއް ޕައިލަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދާ ކަމަށެވެ. ތިން ވަނަ ޕައިލެޓް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާގެ ބޯޑަރު ކައިރިން އަރޫނަޗަލް ޕްރަދޭޝް ސްޓޭޓުގައި ހެލިކޮޕްޓަރެއް ވެއްޓި އިންޑިއާ ސިފައިންގެ ފަސް މީހުން މަރުވި އެވެ.

އޭގެ އިތުރުން ޑިސެމްބަރު 2021 ގައު ހެލިކޮޕްޓަރު ވެއްޓި، އޭރު އިންޑިއާ ސިފައިންގެ ވެރިޔާގެ މަގާމުގައި ހުންނެވި ޖެނެރަލް ބިޕިން ރާވަތު އަވަހާރަވި އެވެ.