Advertisement

ސޮބޯސްލާއީގެ ގޯލުތަކުން މޮޅުވެ ލައިޕްޒިގުން ބަޔާނާ ގާތަށް ޖެހިލައިފި

28 ޖަނަވަރީ 2023 - 10:21 0

ލައިޕްޒިގުގެ އޮސްޓްރިއާ މިޑްފީލްޑަރު ސޮބޯސްލާއި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ސޮބޯސްލާއީގެ ގޯލުތަކުން މޮޅުވެ ލައިޕްޒިގުން ބަޔާނާ ގާތަށް ޖެހިލައިފި

28 ޖަނަވަރީ 2023 - 10:21 0

ލައިޕްޒިގު (ޖެނުއަރީ 28) - ޖަރުމަނު ލީގުގައި ރޭ ކުުޅުނު މެޗުން ޑޮމިނިކް ސޮބޯސްލާއީ ޖެހި ގޯލުތަކުން 2-1 އިން ވީއެފްބީ ސްޓުޓްގާޓް ބަލިކޮށް، އާރްބީ ލައިޕްޒިގުން ލީގުގެ އެއް ވަަނައިގައި އޮތް ބަޔާން މިއުނިކާ ޕޮއިންޓަކަށް ގާތަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް ބަޔާނަށް 17 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނަށް ވުރެ އެއް މެޗު އިތުރަށް ކުޅުނު ލައިޕްޒިގަށް ވަނީ 18 މެޗުން 35 ޕޮއިންޓް ލިބިފަ އެވެ. ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، ޖަރުމަނު ލީގު އަލުން ފެށި ފަހުން ކުުޅުނު ދެ މެޗުން ވެސް ބަޔާން އެއްވަރުވެފައިވާއިރު، މިރޭ އެ ޓީމުން ކުޅޭ މެޗުގައި ބައްދަލުުކުރާނީ އައިންޓްރަކްޓް ފްރޭންކްފާޓާ އެވެ.

ރެޑްބުލް އެރީނާގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނިޓްގައި ލައިޕްޒިގުން ލީޑުނެގީ މެޗުގެ މޮޅު ކުޅުންތެރިޔާ، ސޮބޯސްލާއީ ޖެހި މޮޅު ގޯލުންނެވެ. ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ސޮބޯސްލާއީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސްޓުޓްގާޓްގެ ކީޕަރު، ފްލޯރިއަން މުލާ އަތުގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ލައިޕްޒިގުން ލީޑުފުޅާކުރި ގޯލު ވެސް ޖެހި ސޮބޯސްލާއީ އެވެ. މިއީ ލައިޕްޒިގުގެ ފޯވާޑް، އަންޑްރޭ ސިލްވާ ދިން ބޯޅައެއް އޭރިއާބޭރުން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން ސޮބޯސްލާއީ ޖެހި ގޯލެކެވެ.

މެޗުގައި ސްޓުޓްގާޓުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 68 ވަނަ މިނިޓްގައި ކްރިސް ފޫރިޗް އެެވެ. ފޫރިޗް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ލައިޕްޒިގުގެ ކީޕަރު، ޖަނިސް ބްލަސްވިޗް އަތުގައި ޖެހިފަ އެވެ.