Advertisement

ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްވެ ރާއްޖޭން ބޭރަށް ފިލައިގެން ދިޔަ މީހަކު އަތުލައިގެންފި

28 ޖަނަވަރީ 2023 - 10:22 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކްރިމިނަލް ކޯޓް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްވެ ރާއްޖޭން ބޭރަށް ފިލައިގެން ދިޔަ މީހަކު އަތުލައިގެންފި

28 ޖަނަވަރީ 2023 - 10:22 0

ގިނަ އަދަދެއްގެ ފައިސާތަކަކާ އެކު ރާއްޖެއިން ބޭރަށް ފިލި މީހަކު, އިންޓަޕޯލް އެޑް ނޯޓިސް ނެރެގެން އަތުލައިގަނެފި އެވެ.

މި މައްސަލާގައި 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ވަނީ މަކަރާއި ހީލަތުގެ ތުހުމަތުވާ މއ. ފީރޯޒްވާދީ / ކ. މާލެ މުހައްމަދު އިހްސާން (33) އެވެ.

ތަހުގީގުގެ ބޭނުމަށް ކުރި މި ބަންދު އަމުރުގައި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިހްސާން ތައިލެންޑަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އިންޓަޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ އެނބުރި ގެނެސްފައި ވާތީއާއި، އޭނާ ހިޔާނާތްތެރިވިކަމަށް ތުހުމަތު ވަނީ ގިނަ އަދަދެއްގެ ފައިސާކަމުން، އެ ފައިސާ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމުގެ އިހްތިމާލެއް އޮތް ކަމަށެވެ.

"...މައްސަލަ ހުށަހެޅި ފަރާތުން ކަން ހިނގާދިޔަ ގޮތް ކިޔާދީައިވާ ގޮތަށް މައްސަލައިގައި ހޯދާފައިވާ ސީސީޓީވީ ފޫޓޭޖްތަކާއި އެހެނިހެން ކަންކަމުން ކޮރަބްރޭޓް ކުރެވޭކަން." ބަންދުގައި ބެހެއްޓުމަށް އަމުރު ކުރި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

އޭނާ ބަންދުކުރުމަށް ފުލުހުން ހެކީގެ ގޮތުގައި ހުށަހެޅީ ސީސީޓީވީ ފޫޓޭޖުގެ ސްނެޕްޝޮޓްތަކުން އޭނާ ދަބަހެއް ހިފައިގެން ދާ މަންޒަރާއި، ތައިލެންޑަށް ދާން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވާ ސީސީޓީވީ ފޫޓޭޖެކެވެ.

މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައި ނުވެ އެވެ. ހިޔާނާތުގެ ތުހުމަތު ކުރެވެނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ވެސް އަދި އެނގިފައި ނުވެ އެވެ.