Advertisement

ތުއްތުކުދިންގެ ކާނާ ރެޖިސްޓްރީނުކޮށް ސޯޝަލް މީޑިއާގައި ވިއްކާތީ އެމްއެފްޑީއޭގެ އިންޒާރު!

27 ޖަނަވަރީ 2023 - 12:07 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުޑަކުދިންނަށް ކާންދޭ ކާނާގެ ބާވަތެއް


ތުއްތުކުދިންގެ ކާނާ ރެޖިސްޓްރީނުކޮށް ސޯޝަލް މީޑިއާގައި ވިއްކާތީ އެމްއެފްޑީއޭގެ އިންޒާރު!

27 ޖަނަވަރީ 2023 - 12:07 0

ތުއްތު ކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރެޖިސްޓްރީ ނުކޮށް ވިއްކާ މައްސަލަ ބޮޑުވެ، އެފަދަ ފަރާތްތަކުގެ ނަން އާންމު ކުރާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކާނާގެ ބާވަތްތައް ވިއްކަން ވާނީ ރެޖިސްޓްރީކޮށްގެން ކަމަށެވެ.

"ނަމަވެސް މިހާރަކަށް އައިސް މި ގަވައިދުގެ ދަށުން ރެޖިސްޓްރީ ކުރަން ޖެހޭ ކާބޯތަކެތި ރެޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުން އަންނަ ކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެއްވިފަ އެވެ،" ބަޔާނުގައިވެ އެވެ.

އެ އުފެއްދުންތައް އުފައްދައި ވިއްކާ ފަރާތްތައް ރެޖިސްޓްރީވުމަށް އެއް މަހުގެ މުއްދަތެއް އެމްއެފްޑީއޭއިން އިން ވަނީ ދީފަ އެވެ. އެހެންވެ، އަންނަ މަހުގެ 28ގެ ނިޔަލަށް ރެޖިސްޓްރީ ނުވާ ފަރާތްތަކުގެ ނަން ހާމަކޮށް އާންމުކުރަން ފަށާނެ އެވެ.

ގަވައިދާ ހިލާފަށް އުފެއްދުންތައް ވިއްކުމަކީ ފެންވަރާއި މިންގަނޑުތައް ނުހިފެހެއްޓި، ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެންދާނޭ ކަމެއް ކަމަށް ވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ އެފަދަ އުފެއްދުންތަކުގެ ލޭބަލް ހުންނަންވީ ގޮތް

  • އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު
  • އުފެއްދި ފަރާތާއި، ބަންދުކުރި ފަރާތާއި، އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް
  • އެއުފެއްދުމެއްގެ މޫނުމަތީ ފަރާތުގައި، ހާމަކަން ބޮޑުގޮތެއްގައި، އެ އުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެވިފައި އޮތުން
  • ތައްޔާރުކުރާނެ ގޮތުގެ އިރުޝާދާއެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން
  • ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެއުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅުގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން.
  • އެއްވެސް ބާވަތެއްގެއިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުންފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަޞްވީރެއް ހިމަނާފައިނުވުން.
  • ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާފަދަ ނުވަތަ ގާތުން ކިރުދިނުމާއި ދުރުކުރުވާފަދަ އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން.
  • ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާއި އެއްފަދަ އެއްޗެއްކަމަށް ނުވަތަ އަޅާކިޔޭވަރުގެ އެއްޗެއްކަމަށް ނުވަތަ އެއަށްވުރެ މޮޅުއެއްޗެއްކަމަށް ދޭހަވާފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން.

މި ކަންމާއި މިފަދަ އުފެއްދުންތައް ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި މިންގަޑުތަކާއި ހިލާފަށް އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި، ވިއްކުމާކީ މަނާ ކަމެއް ކަމަށް ވެސް އެމްއެފްޑީން ބުނެ އެވެ.