Advertisement

ޖަޕާން ކައިރިން މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް އަށް މީހުން މަރުވެއްޖެ

27 ޖަނަވަރީ 2023 - 08:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދެކުނު ކޮރެއާގެ ކޯސްޓުގާޑުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަނީ. -- ފޮޓޯ: ކޮރެއާ ކޯސްޓުގާޑް


ޖަޕާން ކައިރިން މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް އަށް މީހުން މަރުވެއްޖެ

27 ޖަނަވަރީ 2023 - 08:18 0

ޖަޕާން ކައިރިން މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް އަށް މީހުން މަރުވެއްޖެ އެވެ.

އަންގާރަ ދުވަހު ޖިން ޓިއާން ބޯޓު އަޑިއަށް ދިޔުމުން ފެށި, މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.

ޖަޕާނުގެ ކޯސްޓުގާޑާއި ސިފައިންގެ ބޯޓުތަކާއި ވައިގެ އުޅަނދުތައް އަދި ދެކުނު ކޮރެއާގެ ކޯސްޓުގާޑާއި ޕްރައިވެޓް ބޯޓުތަކުން އެ އޮޕަރޭޝަނުގައި ބައިވެރިވެ އެވެ.

މިހާތަނަށް ފަސް މީހުން ސަލާމަތްކޮށްފައިވާ އިރު، އެ މީހުންގެ ހާލު ރަނގަޅެވެ.

ޖިން ޓިއާން ބޯޓު އަޑިއަށް ދިޔަ އިރު އޭގައި 22 މީހުން ތިއްބެވެ. ބޯޓުން އެހީއަށް އެދި ސިގްނަލް ފޮނުވީ ޖަޕާނާއި ދެކުނު ކޮރެއާގެ ގުޅޭ ކަނޑުގެ ބޯޑަރު ކައިރިން އޮންނަ ޑަންޖޯ ފަޅު ރަށްތަކާ 110 ކިލޯމީޓަރު ހުޅަނގުންނެވެ.

މަރުވި އަށް މީހުންގެ ތެރެއިން ހަ މީހުންނަކީ ޗައިނާ ރައްޔިތުން ކަމަށް ޖަޕާނުގެ ފުކުއޯކާ ސިޓީގައި ހުންނަ ޗައިނާގެ ކޮންސުލް ޖެނެރަލް ލޫ ގުއިޖުން ވިދާޅުވި އެވެ.

ޖަޕާނުގެ އިދާރާތަކުން މަރުވި މީހުންގެ އަދަދު މިހާތަނަށް ހާމައެއް ނުކުރެ އެވެ. އެހެން ނަމަވެސް ނުވަ މީހުންގެ ގެއްލިގެން ހޯދަމުންދާ ކަމަށް ބުންޏެވެ. ބޯޓު އަޑިއަށް ދާން މެދުވެރިވި ސަބަބެއް ސާފެއް ނޫނެވެ.

މެރީން ޓްރެފިކް ވެބްސައިޓުން ދައްކާ ގޮތުގައި ހޮންކޮންގުގެ ދިދަ ޖަހާފައިވާ ބޯޓު މެލޭޝިއާގެ ޕޯޓް ކްލާންގުން ފުރީ މިދިޔަ މަހު އެވެ. ތާވަލުކޮށްފައި އޮތީ މިދިޔަ ބުދަ ދުވަހު ދެކުނު ކޮރެއާގެ އިންޗޯން ބަނދަށް ވަނުމަށެވެ.