Advertisement

ފޭދޫގައި 75 ހައުސިން ޔުނިޓު އަޅަން ބަޔަކާ ހަވާލުކޮށްފި

26 ޖަނަވަރީ 2023 - 18:52 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފޭދޫގައި 75 ހައުސިން ޔުނިޓު އަޅަން ބަޔަކާ ހަވާލުކޮށްފި

26 ޖަނަވަރީ 2023 - 18:52 1

ޑިޒައިން އެންޑު ބިލްޑް އުސޫލުން އައްޑު އަތޮޅު ފޭދޫގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓުރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

ޖުމްލަ 121.54 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ އެ ޕުރޮޖެކްޓު ހަވާލުކޮށްފައި ވަނީ އެއް އަހަރު ތެރޭގައި ހައުސިން ޔުނިޓުތައް ނިންމާ ގޮތަށެވެ.

ފޭދޫގައި އިމާރާތް ކުރުމަށް ނިންމާފައިވާ އެ ހައުސިން ޔުނިޓުތައް ހުންނަ ކޮންމެ އިމާރާތެއްގައި 1000 އަކަފޫޓުގެ 75 އެޕާޓުމަންޓު ހުންނާނެ އެވެ. ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އަދި ސިޓިން ރޫމް ހުންނާނެ އެވެ. އޭގެ އިތުރުން ވަކި ބަދިގެ އާއި ކާގެ އާއި ލޯންޑްރީ އަދި ސްޓޯރޫމް އެއް ވެސް ހުންނާނެ އެވެ.

އެ އިމާރާތްތަކުގެ އެންމެ ތިރީ ފަންގިފިލާ ހާއްސަ ކުރެވިފައި ހުންނާނީ ކޮމާޝަލް ބޭނުންތަކަށާއި އިމާރާތުގެ ސާވިސް އޭރިއާ އަށެވެ. އިމާރާތަށް އަރާ ފޭބުމަށް ކޮންމެ ހުންނާނީ ދެ ލިފްޓެވެ.

ހައުސިން މިނިސްޓަރީން ބުނި ގޮތުގައި އެ އިމާރާތްތައް އަޅައި ނިމޭއިރު، އެ ސަރަހައްދަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ވާނެ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ވެހިކަލް ޕާކު ކުރެވޭނެ ސަރަހައްދަކާއި ހިތްފަސޭހަ ކޮށްލަން ދާނެ ޕާކެއް ވެސް ގާއިމު ކުރާނެ ކަމަށް އެ މިނިސްޓަރީން ބުނެ އެވެ.

ފޭދޫގައި ހައުސިން ޔުނިޓުތަކެއް އެޅުމަށް ފުރަތަމަ އިއުލާނު ކުރީ މިދިޔަ އަހަރު އޭޕުރީލް 4، ގަ އެވެ. އޭގެ ފަހުން އަނެއްކާ މިދިޔަ އޮގަސްޓު 24، ވަނީ އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ދެވަނަ އިއުލާނެއް ކޮށްފަ އެވެ.