Advertisement

ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ސްޓަޑީއެއް ހަދަން 21 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ޖަނަވަރީ 2023 - 17:19 0

ނިމާ ހަސަން

ނިމާ ހަސަން

ވިލިނގިލި-ކޫއްޑޫ ބްރިޖުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ


ވިލިނގިލި-ކޫއްޑޫ ބްރިޖުގެ ސްޓަޑީއެއް ހަދަން 21 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ޖަނަވަރީ 2023 - 17:19 0

ގއ. ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަށް ބޭނުންވާ ދިރާސާތަކެއް ހަދަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީއާ ހަވާލުކުރީ ވިލިނގިލި އަދި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި ފައިނޭންޝަން ފީސިބިލިޓީގެ ދިރާސާތައް ހެދުމަށެވެ. އެ މަސައްކަތް ހަވާލުކުރީ 21 މިލިއަން ރުފިޔާއަށެވެ.

ޖުމްލަ 180 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މި މަސައްކަތް ނިންމަންޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި 15، އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއި ކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ ރިޔާސީ އިންތިހާބުގައި ވިލިގިއްޔަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އޭރު ރައީސް ވިދާޅުވީ ރައްޔިތުންގެ ވިސްނުމަކަށް ވާންވީ އެއް ތަނުން އަނެއް ތަނަށް ގުޅުވާލެވޭނެ ގޮތެއް ކަމަށެވެ. އަދި ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަން މާ ބޮޑު ހަރަދެއް ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެފަހުން އެ މަސައްކަތަށް ބޭނުންވާ ސާވޭ ހެދުމަށް އެކި ފަހަރު މަތިން ބަޖެޓުކުރުމަށްފަހު މިއަދު މިވަނީ ހަވާލުކޮށްފަ އެވެ.