Advertisement

ދިރާގުން ބްރޯޑްކޮމާ ދެކޮޅަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފި

26 ޖަނަވަރީ 2023 - 15:05 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދިރާގު ހެޑު އޮފީސް -- ފޮޓޯ: މުހައްމަދު ޝާބިންް/އަދަދު


ދިރާގުން ބްރޯޑްކޮމާ ދެކޮޅަށް ހުށަހެޅި ދައުވާ އަނބުރާ ގެންގޮސްފި

26 ޖަނަވަރީ 2023 - 15:05 0

ދިރާގުޓީވީގެ ލަައިސަންސް އާނުކުރުމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ނިންމުމާ ގުޅިގެން އެ ކޮމިޝަނާ ދެކޮޅަށް ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާާ އަނބުރާ ގެންގޮސްފި އެވެ.

ދިރާގުން މި ދައުވާ އަނބުރާ ގެންދިއުމަށް އެދުމުން ސިވިލް ކޯޓުން ވަނީ މި ދައުވާ އިއްޔެ ބާތިލުކޮށްފަ އެވެ. ދައުވާ ބާތިލް ކުރި އިރު، މަައްސަލަ ވަކި ގޮތަކަށް ނިމެންދެން ދިރާގުގެ ހުއްދަ ބާތިލް ނުކުރުމަށް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ. މި ދައުވާ އަނބުރާ ގެންދިއުމުން އެ އަމުރު ވެސް ބާތިލުވާނެ އެވެ.

ދިރާގު ޓީވީއަށް ލައިސެންސް ނުދޭން ކޮމިޝަނުން ނިންމީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކަށް ރިއާޔަތްކޮށެވެ. އިސްލާހުގައިވާ ގޮތުން ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނޫނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭނެ އެވެ.

ދިރާގަކީ އެފަދަ ކުންފުންޏެއް ނޫނެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އެހެންވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ.

ބްރޯޑްކާސްޓިންގެ ލައިންސެންސް ދިރާގަށް ދޫކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ލައިސެންސް އަންނަ ޖެނުއަރީ މަހަށް ހަމަވެ އެވެ.