Advertisement

ޓެން ހާގް ބޭނުމީ ޔުނައިޓެޑުން ތަށްޓަކަށް ކުރާ އިންތިޒާރު ނިމުމަކަށް ގެންނަން

25 ޖަނަވަރީ 2023 - 12:24 0


ޓެން ހާގް ބޭނުމީ ޔުނައިޓެޑުން ތަށްޓަކަށް ކުރާ އިންތިޒާރު ނިމުމަކަށް ގެންނަން

25 ޖަނަވަރީ 2023 - 12:24 0

ލަންޑަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ މެޗުގެ ފުރަތަމަ ލެގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ނުކުންނައިރު، މެންޗެސްޓާ ޔުނައިޓެޑާ އެކު މި ސީޒަނުގެ އެއް އަމާޒަކީ އެ ޓީމުން ތަށްޓަކަށް ކުރަމުން އަންނަ އިންތިޒާރު ނިމުމަކަށް ގެނައުމަށް ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން އެންމެ ފަހުން ތަށްޓެއް ހޯދީ 2017 ވަނަ އަހަރު އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގެވެ. ޔުނައިޓެޑުން ފާއިތުވި ހައެއްކަ އަހަރު ތަށްޓެއް ހޯދާފައިނުވާއިރު، މިއީ ވޭތުވެދިޔަ 40 އަހަރު ތެރޭ އެ ކްލަބުން ތަށްޓެއްގައި އަތްނުލައި އެންމެ ގިނަ ދުވަސް ގުނަން ޖެހުނު ފަހަރެވެ.

އެންމެ ފަހުން ޔުނައިޓެޑުން މުބާރާތެއް ކާމިޔާބު ކުރި ފަހުން، ހަ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ދެ މުބާރާތެއްގެ ފައިނަލުން ވަނީ ބަލިވެފަ އެވެ. ބަލިވި ފައިނަލްތަކަކީ 2018 އެފްއޭ ކަޕް ފައިނަލާއި 2021 ޔޫރޮޕާ ލީގުގެ ފައިނަލެވެ.

ނޮޓިންހަމާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗުގެ ކުރިން ނޫސްވެެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ޓެން ހާގް ބުނީ ޔުނައިޓެޑް ފަދަ "މުއްސަނދި ތާރީހެއް" އޮތް ކްލަބެއް ތަށްޓެއް ނުހޯދައި އަހަރުތަކެއް ގުނަން ޖެހުމަކީ އެ ކްލަބް ކުރިއަށް ދާން ބަލާއިރު ގޮންޖެހުމެއް ކަަމަށެވެ.

"އަހަރެންގެ ކެރިއަރުގައި ތަށި ތަކެއް ހޯދައިފިން، ވަރަށް ހިތްހަމަޖެހޭ، ވަރަށް ޓީމުގެ ކޮންފިޑެންސަށް ރަނގަޅު ކަމެއް ކާމިޔާބު ހޯދުމަކީ. މި ވަގުތު ޔުނައިޓެޑްގައި ތިބި މީހުންނަށް ތަށި ލިބުމުގެ ހިތްހަމަޖެހުން ލިބިފައި އޮތްތާ ދުވަސްކޮޅެއް ވެއްޖެ، ތަންކޮޅެއް ދުވަސްވީ ޔުނައިޓެޑް ސަޕޯޓަރުންގެ އެ ހަނދާންތައް ގިނަވާނެ،" ޓެން ހާގް ބުންޏެވެ.

"މި ވަގުތު މި އޮތް ޔުނައިޓެޑްގެ ހާލަތަށް ބަލާއިރު ތަށްޓެއް ހޯދީ އަހަރުތަކެއް ކުރިން. އަހަރެމެންނަށް އެނގޭ އެކަން ވަރަށް އަވަހަށް ބަދަލުވާން ޖެހޭނެކަން. އަހަރެން މި މަގާމާ ހަވާލުވީއިރު ވެސް ވިސްނީ އެ މަސައްކަތް އަވަސްކުރަން،"

މިރޭގެ މެޗަށް ނުކުންނައިރު، ޔުނައިޓެޑަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނަތީޖާ ދިޔައި ބޭނުންވި ގޮތަކަށް ނޫނެވެ. ކްރިސްޓަލް ޕެލަސްއާ 1-1 އިން އެއްވަރުވިއިރު، އާސެނަލް އަތުން ފަހު ވަގުތު ވަނީ 3-2 އިން ބަލިވެފަ އެވެ.

ޓެން ހާގް ބުނީ އެ ދެ މެޗުގެ ނަތީޖާ އިން ފިލާވަޅު ނަގައި، ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ކުރަން ހުރި ކަންކަމަށް ފޯކަސް ކުރާނެ ކަމަށެވެ.

ފޮރެސްޓާ ދެކޮޅަށް ޔުނައިޓެޑުން މިރޭ ނުކުންނައިރު، އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސަސްޕެންޝަނުގެ ސަބަބުން އާސެނަލް މެޗު ގެއްލުނު، މިޑްފީލްޑަރު ކަސެމީރޯ އަށް މިރޭގެ މެޗުގައި ކުޅެވުމެވެ. ޔުނައިޓެޑާއި ފޮރެސްޓް ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަަހާއިރު އެވެ.