Advertisement

75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ "ފައްކާ ހަފުތާ" ސޮނީ ސްޕޯޓްސް އިން މާދަމާ ފަށަނީ

25 ޖަނަވަރީ 2023 - 13:04 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރަ: ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށް -- ފޮޓޯ: ސޮނީ ސްޕޯޓްސް


75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ "ފައްކާ ހަފުތާ" ސޮނީ ސްޕޯޓްސް އިން މާދަމާ ފަށަނީ

25 ޖަނަވަރީ 2023 - 13:04 0

ޖުމްލަ 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭ "ފައްކާ ހަފްތާ" ޕްރޮމޯޝަން މާދަމާ ފެށުމަށް ސޮނީ ސްޕޯޓްސް އިން ތައްޔާރުވެއްޖެ އެވެ.

މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ޕްރޮމޯޝަން ކުރިއަށް ދާނީ ސޮނީ ސްޕޯޓްސްގެ ހުޅުމާލެ ފިހާރައިގަ އެވެ.

ބޮޑެތި ޑިސްކައުންޓުތަކާ އެކު އެ ޕުރޮމޯޝަން ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މީގެ ކުރިން ސޮނީ ސްޕޯޓްސް އިން ކުރިއަށް ގެންދިޔަ "ފައްކާ ފްރައިޑޭ" އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑު ވުމުން ކަމަށް ސޮނީ ސްޕޯޓްސްގެ އޮފިޝަލް ބުންޏެވެ.


ސޮނީ ސްޕޯޓްސްގެ ހުޅުމާލެ ފިހާރައިން ކުޅިވަރު ކުޅޭއިރު އަރާ ބޫޓާއި ދުވާއިރު ބޭނުން ކުރާ ބޫޓުގެ އިތުރުން ތަފާތު އެކި ކުޅިވަރުތަކަށް ހާއްސަ ޖާޒީ ވެސް ލިބެން ހުރެ އެވެ.

ސޮނީ ސްޕޯޓްސްގެ ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.