Advertisement

ބޮޑު ތަފާތަކުން މިލާން ބަލިކޮށް ލާޒިއޯ ތިން ވަނަ އަށް

25 ޖަނަވަރީ 2023 - 09:17 0

ލަނޑު ޖެހުމަށް ފަހު ލާޒިއޯ ކުޅުންތެރިން އުފާފާޅުކުރަނީ.


ބޮޑު ތަފާތަކުން މިލާން ބަލިކޮށް ލާޒިއޯ ތިން ވަނަ އަށް

25 ޖަނަވަރީ 2023 - 09:17 0

ރޯމް (ޖެނުއަރީ 25) - އިޓާލިއަން ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާން އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ލާޒިއޯ އިން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލާޒިއޯގެ މި މޮޅާ އެކު، އެއް ވަނައިގައި ނަޕޯލީގެ 12 ޕޮއިންޓް ވެސް މި ވަނީ މި ވަގުތަށް ޔަގީންވެފަ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ 19 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މިލާނަށް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލާޒިއޯ، ހަތަރެއްގައި އޮތް އިންޓަ މިލާން އަދި ފަސް ވަނައިގައި އޮތް ރޯމާ އަށް ވެސް ވަނީ 19 މެޗުން 37 ޕޮއިންޓް ލިބިފަ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލާޒިއޯ އަށް ލީޑުނަގައިދިނީ މިޑްފީލްޑަރު ސާގޭ މިލިންކޮވިޗް-ސަވިޗް އެވެ. މިއީ ލާޒިއޯގެ މަޓިއާ ޒަގާނީ އޭރިއާރެއިން ދިން ބޯޅައަކުން މިލިންކޮވިޗް-ސަވިޗް ޖެހި ލަނޑެކެވެ. މެޗުގެ 38 ވަނަ މިނިޓްގައި ލާޒިއޯގެ ދަ ވަނަ ލަނޑު ޖެހީ ޒަގާނީ އެވެ. މިއީ ލާޒިއޯގެ އެޑަމް މަރުސިޗް ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ޒަގާނީ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި، މިލާންގެ އިސްމާއިލް ބެނަސޭއާ ޖެހި ހިލޭ ޖެހުމެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން، ގޯލު އޭރިއާތެރެއިން މިލާންގެ ރަފައެލް ލެއާއޯ އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 67 ވަނަ މިނިޓްގައި ލާޒިއޯ އިން ތިން ވަނަ ގޯލު ޖެހި އެވެ. މިއީ ލާޒިއޯގެ ޕެޑްރޯ ރޮޑްރިގޭޒަށް އޭރިއާތެެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ލުއިޒް އަލްބާޓޯ ޖެހި ގޯލެކެެވެ. އޭގެ އަށް މިނިޓް ފަހުން، މެޗުގެ 75 ވަަނަ މިނިޓްގައި ލާޒިއޯގެ ހަތަރު ވަނަ ގޯލު އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޖެހީ ފިލީޕޭ އެންޑަަސަން އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަަވަސްކޮށްދިނީ ލުއިޒް އަލްބާޓޯ އެވެ.