ކްލަބް ވޮލީބޯލް ފައިނަލަށް: ކޯޗު ސޮފްވާން ކްރެޑިޓް ދިނީ ކުޅުންތެރިންނަށް

Jan 25, 2023, 5:27 AM
ކްލަބް ވޮލީބޯލްގެ ކޯޗު ސޮފްވާން: އޭނާ ވަނީ ފައިނަލަށް ޓީމު ދިއުމުގެ ކްރެޑިޓް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށް ބުނެފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކްލަބް ވޮލީބޯލްގެ ކޯޗު ސޮފްވާން: އޭނާ ވަނީ ފައިނަލަށް ޓީމު ދިއުމުގެ ކްރެޑިޓް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށް ބުނެފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ލިބުނީ ކުޅުންތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުން ކަމަށް ކުލަބު ވޮލީބޯލްގެ ކޯޗު ސޮފްވާން އަހުމަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެށި ގައުމީ ވޮލީބޯޅަ މުބާރާތުގައި މި އަހަރު ވާދަކުރަނީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބު، ކުލަބު ވެމްކޯ، ކުލަބު އީގަލްސް އަދި ކުލަބު ވޮލީބޯލް އެވެ. ލީގު ބުރުގެ އެއް ވަނަ ހޯދައި ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ކުލަބު ވޮލީބޯލް އެވެ. ދެ ވަނަ ޖާގަ ހޯދަން ކުޅޭ ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ އީގަލްސް އާއި ވެމްކޯ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާހަ ހޯދި ކުލަބު ވޮލީބޯލްގެ ކޯޗު ސޮފްވާން، "އަދަދު" އަށް ބުނީ ގައުމީ މުބާރާތަށް ނުކުތީ ވެސް ފައިނަލުގެ އުއްމީދާ އެކު ކަމަށެވެ. އަދި ލީގު ބުރަށް ފަހު ފައިނަލުގެ ޖާގަ ޔަގީންވުމުން މިހާރު އަމާޒަކީ ތަށި ކާމިޔާބު ކުރުން ކަމަށް ސޮފްވާން ވަނީ ބުނެފަ އެވެ.

ކުލަބު ވޮލީބޯލް އިން ވަނީ ލީގު ބުރުގައި ވެމްކޯ އާއި ޕޮލިސް ކުލަބު ބަލިކޮށްފަ އެވެ. ޕޮލިސް އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ އަތުން މޮޅުވީ 3-1 އިންނެވެ. ލީގު ބުރުގައި އީގަލްސް އަތުން އެ ޓީމު ބަލިވީ ފަސް ސެޓު ކުޅެގެންނެވެ.

ސޮފްވާން ބުނީ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗަކީ ވެސް އެ ޓީމަށް ނެގޭނެ މެޗެއް ކަމަށެވެ. ފުރަތަމަ ދެ ސެޓު ގެއްލުނީ ވެސް ނިންމަން ލިބި ފުރުސަތުގެ ބޭނުން ނުކުރެވިގެން ކަން ފާހަގަކޮށް ސޮފްވާން ބުނީ އެ ޓީމްގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން ޕްރެޝަރު ދަނޑިވަޅުތަކުގައިވެސް ރަނގަޅު ކުޅުމެއް ފެންނަމުން އަންނަ ކަމަށެވެ.

"ފުރަތަމަ މެޗަކީވެސް ނެގޭނެ މެޗެއް. ހަމަ ކުޑަ ކުޑަ މިސްޓޭކަކުން ދިޔައީ. އެކަމަކު ވެސް އަޅުގަނޑުގެ އިތުބާރު އެބައޮތް މި ކުދިންނަށް. ފުރުސަތު ދިނީމަ ވަރަށް ރަނގަޅަށް އެބަ ކުޅޭ. މިއީ އަސްލު މި ކުދިންގެ މަސައްކަތް. ވަރަށް ބުނާ ގޮތަށް ހަދާ. އެހެންވީމަ ކޯޗުގެ ގޭމް ޕްލޭނަށް ވަރަށް ރަނގަޅަށް ކުޅެވޭ." 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް މި ޓީމް ގޮވައިގެން ނުކުމެ ވީއޭއެމް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދި ޓީމުގެ ކޯޗު ސޮފްވާން ބުންޏެވެ.

ސޮފްވާން ބުނީ އީގަލްސް އާއި ޕޮލިސް މެޗު ކާމިޔާބުކުރެވުނީ، މި މެޗަށް މުޅި ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. އެ ގޮތުން، އިދިކޮޅު ޓީމްގެ ބަލިފައިތައް ދެނެގަނެ، ކުޅުންތެރިންގެ ކުޅުން ދެނެގަނެ އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވިކަން ސޮފްވާން ފާހަގަކުރި އެެވެ.

"ޑިފެންސަށް ވަރަށް ރަނގަޅަށް ތައްޔާރުވިން، ބައެއް ކުޅުންތެރިން އާންމުކޮށް ޑިފެންސް ނުކުރާ ދިމަދިމާއަށް ޖެހިލާ ވަރަށް ރަނގަޅަށް އިދިކޮޅު ޓިމްގެ ކުޅުންތެރިން ރީޑުކޮށްގެން ކުޅުނީ. އޭތި އެ ފެނުނީ ނަތީޖާ އިން" 2018ގެ ޖޫނިއާ ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކުރި ސޮފްވާން ބުންޏެވެ.

މި މުބާރާތުގައި ސޮފްވާން ކޯޗުކޮށްދޭ ކްލަބް ވޮލީބޯލް ޓީމުން ފެންނަ އާދަޔާޚިލާފު ރޫހާ ގުޅޭގޮތުން ސޮފްވާން ބުނީ މުބާރާތަށް ތައްޔާރުވިއިރު، އެހެން ޓީމެއް ކައިރީގައި އެކުވެރިކަމުގެ މެޗެއް ކުޅެލަން އެދުމުން، އޭނާގެ ޓީމްގައި ތިބި ކުޅުންތެރިންނަކީ ޒުވާން ކުދިންކަމަށް ބުނެ މެޗު ނުކުޅެން އެ ޓީމުން ނިންމި ހިސާބުން ޓީމުގެ ރޫހު ބަދަލުވިކަމަށެވެ.

އޭގެ ފަހުން، ކްލަބް ވޮލީބޯލް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އިތުރު ޖޯޝަކާއި ފޯރިއަކާ އެކު މި މުބާރާތުގެ ފައިނަލާ ހަމައަށް ދިޔުމަށް މަސައްކަތްކުރި ކަން އޭނާ ފާހަގަކުރި އެވެ.

ސޮފްވާން ބުނީ އާ ޓީމެއް އުފައްދައި ދެތިން އަހަރުގެ ތެރޭގައި ގައުމީ ފައިނަލާ ހަމައަށް ދެވުމަކީވެސް ބޮޑު ކާމިޔާބެއް ކަމަށާއި، ގައުމީ ތަށި ހޯދުމަކީ މިހާރު ހުރިހާ ކުޅުންތެރިންގެ ވެސް އުއްމީދު ކަމަށެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރުދުވަހުގެ ރޭ އެވެ. ކުލަބު ވޮލީބޯލްއާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް ހޮވުމަށް ކުޅޭ ސެމީ ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox