Advertisement

ގަން އެއާޕޯޓުގެ ބީލަން ކާމިޔާބުކުރި ކުންފުންޏަށް އެކަން އަންގައިފި

24 ޖަނަވަރީ 2023 - 23:40 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ގަން އިންޓަނޭޝަނަލް އެއާޕޯޓް


ގަން އެއާޕޯޓުގެ ބީލަން ކާމިޔާބުކުރި ކުންފުންޏަށް އެކަން އަންގައިފި

24 ޖަނަވަރީ 2023 - 23:40 1

ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރާގެ ކުންފުންޏެއް ކަނޑައަޅައިފި އެވެ.

ހަތް ކުންފުންޏަކުން ބީލަން ހުށަހެޅި މި މަޝްރޫއު ކާމިޔާބުކުރި ފަރާތެއް އަދި ހާމައެއް ނުކުރެ އެވެ.

އިކޮނިމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބީލަން ކާމިޔާބުކުރި ފަރާތަށް އެކަން އަންގާފައިވާ ކަމަށާއި، ފަސް ދުވަހުގެ މުއްދަތަކަށް ފަހު ސޮއިކުރާނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭވަރުގެ ޓާމިނަލެއް އަޅާނެ އެވެ. ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތައް ވެސް ތަރައްގީ ކުރާނެ އެވެ. އަދި ވިޔަފާރި އަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން އާ ކޮންޓްރޯލް ޓަވަރަކާއި، ފަޔާ ސްޓޭޝަން ގާއިމުކޮށް، އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރާނެ އެވެ.

"މިއީ ދެކުނުގެ އަތޮޅުތަކަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެކެވެ،" ބަޔާނުގައިވެ އެވެ.

މި މަޝްރޫއު ނިމުމުން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގެ ގަން އެއާޕޯޓަށް "ވައިޑް ބޮޑީ" މަތިންދާބޯޓުތަކަށް ޖެއްސޭނެ މަގުފަހިވެ، މިހާރަށް ވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓުތައް ޖައްސަން ފަހިކުރުމާއެކު ޓޫރިސްޓުންނަށާއި އެހެން ދަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ފުޅާކުރެވޭނެ އެވެ.