Advertisement

އަފްގާނިސްތާނުގައި މާ ބޮޑަށް ފިނިގަދަވެ 124 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

25 ޖަނަވަރީ 2023 - 07:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގައި އާއްމުކޮށް ވެސް ފިނި މޫސުމުގައި ވަރަށް ބޮޑަށް ފިނިވޭ. -- ފޮޓޯ: އޭއެފްޕީ


އަފްގާނިސްތާނުގައި މާ ބޮޑަށް ފިނިގަދަވެ 124 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

25 ޖަނަވަރީ 2023 - 07:25 0

އަފްގާނިސްތާނުގައި މާ ބޮޑަށް ފިނިގަދަވެ 124 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގައި ވެރިކަން ކުރާ ތާލިބާނުންގެ އޮފިޝަލުން ބުނެފި އެވެ.

ޑިޒާޒްޓާ މެނޭޖްމަންޓާ ގުޅޭ ސްޓޭޓް މިނިސްޓްރީއިން ބުނީ ފިނިގަދަވުމުގެ ސަބަބުން 70،000 އަށް ވުރެ ގިނަ ގެރިބަކަރި ވެސް މަރުވެގެން ގޮސްފައިވާ ކަމަށެވެ.

އެހީދޭ ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާ ކުރުމުން އެ ޖަމިއްޔާތަކުގެ ގިނަ އޮޕަރޭޝަންތައް އޮތީ މި ވަގުތު މެދުކަނޑާލައިފަ އެވެ.

ތާލިބާން ސަރުކާރުގެ މިނިސްޓަރަކު ބުނީ ފިނިގަދަވެ މީހުން މަރުވި ނަމަވެސް، ސަރުކާރުގެ ނިންމުން ބަދަލު ނުކުރާނެ ކަމަށާއި އަންހެނުންނަށް ވަޒީފާ އަދާނުކުރެވޭނެ ކަމަށެވެ.

ޑިޒާޒްޓާ މެނޭޖްމަންޓްގެ އެކްޓިން މިނިސްޓަރު މުއްލާ މުހައްމަދު އައްބާސް އަހުންދް ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި ސްނޯގެ ސަބަބުން ބައެއް ހިސާބުތަކަށް ދަތުރު ނުކުރެވެ އެވެ.

އެ ހިސާބުތަކުގައި ތިބި މީހުންނަށް އެހީވުމަށް ހެލިކޮޕްޓަރުތައް ފޮނުވި ނަމަވެސް، ފަރުބަދަ މަތީ ހިސާބުތަކަށް ހެލިކޮޕްޓަރު ތިރިކުރަން ދަތިވެ އެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފިނިމަޑުވާން ފަށާނެ އެވެ. އަފްގާނިސްތާނުގައި އާއްމުކޮށް ވެސް ފިނި މޫސުމުގައި ވަރަށް ބޮޑަށް ފިނިގަދަވެ އެވެ.