Advertisement

މަޝްރޫތައް ނިންމާ ގިނައިން ރިބަން ކަނޑަން ޖެހެނީ އަމާޒެއް އޮވެގެން ކަންކަން ކުރާތީ: ރައީސް

23 ޖަނަވަރީ 2023 - 19:41 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ސޯލިހު އއ. ތޮއްޑޫގައި: ވިދާޅުވީ މަޝްރޫތައް ނިންމާ ގިނައިން ރިބަން ކަނޑަން ޖެހެނީ އަމާޒެއް އޮވެގެން ކަންކަން ކުރާތީ ކަމަށް -- ފޮޓޯ: ރައީސް ކެމްޕޭން ޓީމު


މަޝްރޫތައް ނިންމާ ގިނައިން ރިބަން ކަނޑަން ޖެހެނީ އަމާޒެއް އޮވެގެން ކަންކަން ކުރާތީ: ރައީސް

23 ޖަނަވަރީ 2023 - 19:41 0

ސަރުކާރުން ނިންމާފައިވާ މަޝްރޫތައް ހުޅުވުމަށް ރިބަން ކަނޑަން ޖެހޭ އަދަދު އިތުރު ވަނީ މި ސަރުކާރުން ޕްލޭންއެއް ނުވަތަ އަމާޒެއް އޮވެގެން ކަންކަން ކުރާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި މިއަދު އއ. ތޮއްޑޫއަށް ވަޑައިގެން ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުން ނިންމާފައިވާ މަސައްކަތްތައް ހުޅުވުމަށް ރިބަން ކަނޑަން ޖެހޭ ނަމަ ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއްވެސް ހޭދަ ކުރައްވަން ޖެހޭނީ އެކަމުގައި ކަަމަށެވެެ.

"އެ ވަރަށް މަސައްކަތްތައް ނިމިފައި އެބަހުރި، މަސައްކަތްތައް ކުރެވެމުން އެބަދޭ" ރައީސް ވިދާޅުވި އެވެ.

އަދި މި އަހަރުގެ ޖުލައި، އޮގަސްޓު މަހާ ހިސާބަށްދާއިރު އެ ދެންނެވި ހުރިހާ މަސައްކަތްތަކެއް ހުންނާނީ ނިމިފައި ކަމަށާއި، އެމަނިކުފާނުގެ ވަގުތު ރިބަން ކަނޑަން ހޭދުކުރާނަމަ އިތުރު ކަމެއް ކުރާނެ ވަގުތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ ޕްލޭން ކުރެވިގެން، މި ދެންނެވިހެން އަމާޒެއް އޮވެގެން ކަންތައްތައް ކުރާތީ ކަން ކުރެވޭ ގޮތް"

އޭގެއިތުރުން ރައީސް ފާހަގަކުރެއްވީ ސަރުކާރުގެ މި ހުރިހާ މަޝްރޫއެއް ވެސް ހިންގަމުން ދަނީ އަދި ނިމުނު މަޝްރޫއުތައް ނިންމާފައި ވަނީ ކޮވިޑު ބަލިމަޑުކަމުގައި ހޭދަވި ދެ އަހަރުގެ ދަތިތަކާއެކު ކަމަށެވެ.

އެ ދެ އަހަރު މުޅި ދުނިޔެ ބަންދުވެ ދަތުރުތައް ހުއްޓުނު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ނަމަވެސް ސަރުކާރުން ފަށާފައިވާ މަޝްރޫތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔައީ އޭގެ ފަހަތުގައި ފައިދާތަކެއް ހުރުމުން ކަމަށެވެ.

އަދި، އެ ދުވަހު މަޝްރޫއުތައް ހުއްޓާލާ، މުސާރަތައް ކުޑަކޮށް، ބަޖެޓު ހިފެހެއްޓި ނަމަ، މިއަދު ގައުމު އޮންނާނީ މި ހާލަތުގައި ނޫން ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެގޮތަށް ކަން ނުކުރިނަމަ މިއަދު ރާއްޖެ އޮންނާނީ އަވަށްޓެރި ލަންކާ އޮތް ހާލަތުގައި ކަމަށެވެ.