Advertisement

"އަދަދު"އިން ހުޅުވާލި ޕޯލުގެ މުއްދަތު މާދަމާއަށް ހަމަވާނެ

24 ޖަނަވަރީ 2023 - 15:45 0


"އަދަދު"އިން ހުޅުވާލި ޕޯލުގެ މުއްދަތު މާދަމާއަށް ހަމަވާނެ

24 ޖަނަވަރީ 2023 - 15:45 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އާންމުންގެ ތާއީދު ބޮޑު ކެންޑިޑޭޓަކު ބެލުމަށް "އަދަދު"އިން ހުޅުވާލި ޕޯލުގައި ވޯޓުދިނުމުގެ ސުންގަޑި މާދަމާއަށް ހަމަވާނެ އެވެ.

މި ޕޯލުގައި ބައިވެރިވެވޭނެ ސުންގަޑި އަަކީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ 23:59 އެވެ. އެއަށްފަހު ޕޯލަށް ވޯޓުލުން ބަންދުވާނެ އެވެ.

މި ޕޯލަށް ފޯނު ނަންބަރު، ފޭސްބުކު ނުވަތަ ޓްވިޓާއިން ލޮގިންވެގެން ވޯޓު ލެވޭއިރު، ކޮންމެ މީހަކަށް ވެސް ވޯޓު ދެވޭނީ އެއް ފަހަރު އެވެ. އަދި، ވޯޓު ދިނުމަށް ފަހު ވޯޓު ބަދަލެއް ނުކުރެވޭނެ އެވެ.

ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ އިރު ދެ ކެނޑިޑޭޓުންގެ ކެމްޕެއިނު ވެސް މުޅި ރާއްޖޭގައި ފޯރި ގަދަކޮށް ދަނީ ކުރިއަށެވެ.

އެމްޑީޕީގެ ތެރެއިން އެއްބަޔަކު ރައީސް ނަޝީދަށް ތާއިދުކުރާއިރު އަނެއް ބަޔަކު ތާއިދުކުރަނީ ރައީސް ސޯލިހަށް ކަަން މި އިންތިހާބު އިއުލާނުކުރުމުގެ މާ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

ކޯލިޝަނަކާ ނުލާ އެއްވެސް ޕާޓީއަކަށް މިހާތަނަކަށް ވެރިކަމަށް އާދެވިފައި ނެތުމުންނާއި، މިހާރު އޮތް ވެރިކަމަކީ ވެސް ކޯލިޝަން ވެރިކަމެއްކަމުންް ރައީސް ސޯލިހް އަދިވެސް ގަބޫލުކުރައްވަނީ ކޯލިޝަން ސަރުކާރެވެ. މިއީ ރައީސް ސޯލިހަށް ވެރިކަން ކާމިޔާބުކުރެވޭނެ އެންމެ ބޮޑު ސަބަބު ކަމަށްވެސް އެފަރާތްތަކުން ގަބޫލުކުރެ އެވެ.

މިއާާ ހިލާފަށް ރައީސް ނަޝީދު އަންނަނީ ކޯލިޝަން ހެއްދެވުމުންް އެއީ އެމްޑީޕީގެ ވެރިކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވަނީ މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ދެކުމަކީ ވެސް ކުށްހީއެއް ކަމަށެވެ. އެމަނިކުފާނު ނިކުމެވަޑައިތީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވެ އެވެ.