Advertisement

ބައިޑެންގެ ގެކޮޅުން އިތުރު ސިއްރު ލިޔުންތަކެއް ފެނިއްޖެ

22 ޖަނަވަރީ 2023 - 19:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބައިޑެންގެ ގެކޮޅު ބަލައި ފާސްކުރަނީ. -- ފޮޓޯ: ރޮއިޓާޒް


ބައިޑެންގެ ގެކޮޅުން އިތުރު ސިއްރު ލިޔުންތަކެއް ފެނިއްޖެ

22 ޖަނަވަރީ 2023 - 19:24 0

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ގެކޮޅު 13 ގަޑިއިރު ވަންދެން ބަލައި ފާސްކޮށް، އިތުރު ސިއްރު ލިޔުންތަކެއް ހޯދައިފި އެވެ.

ޑެލަވެއާގައި ހުންނަ ގެކޮޅު ބަލައި ފާސްކުރީ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ތަހުގީގީ ޓީމަކުންނެވެ. އެ އޮޕަރޭޝަނުގައި ފެނުނީ ހަ ލިޔުމެވެ.

އެއީ ބައިޑެން ސެނެޓަރެއްގެ ގޮތުގައި ހުންނެވި އިރުގެ ލިޔުންތަކާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިރުގެ ލިޔުންތަކެކެވެ.

ބައިޑެންގެ ވަކީލުން ބުނީ ގެކޮޅު ބަލައި ފާސްކުރުމަށް ހުއްދަ ދިނީ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ބައިޑެންގެ ޕްރައިވެޓް އޮފީހަކުން ވެސް ސިއްރު ލިޔުންތަކެއް ފެނުނެވެ. އަދި އޭގެ ފަހުން ގެކޮޅުން ވެސް ލިޔުންތަކެއް ފެނުނެވެ.

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގެކޮޅުން ސިއްރު ލިޔުންތަކެއް ފެނުނު މައްސަލައާ ގުޅިގެން އެމަނިކުފާނާ ދެކޮޅާށް ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ.

ދައުލަތުގެ ސިއްރު ލިޔުންތަކަކީ، ގާނޫނަކުން، ހަމައެކަނި ވަކި ބަޔަކަށް ބެލުމުގެ ހުއްދައޮތް ލިޔުންތަކެވެ. އެފަދަ ލިޔުން ރައްކާކުރަން ޖެހޭ ގޮތާ ގުޅޭ ހަރުކަށި އުސޫލުތަކެއްވެ އެވެ.

ވައިޓް ހައުސްގެ ހުރިހާ ރެކޯޑެއް ހަވާލުކުރަން ޖެހެނީ، ސަރުކާރު ބަދަލުވުމާ އެކު، ޔޫއެސް ނޭޝަނަލް އާކައިވްސްގެ ބެލުމުގެ ދަށަށެވެ.