Advertisement

ކާރުގެ ސީޓުބެލްޓު ނޭޅުއްވުމުން އިނގިރޭސި ބޮޑު ވަޒީރު ޖޫރިމަނާކޮށްފި

22 ޖަނަވަރީ 2023 - 06:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސި ބޮޑު ވަޒީރު ރިޝީ ސުނަކް. -- ފޮޓޯ: އޭޕީ


ކާރުގެ ސީޓުބެލްޓު ނޭޅުއްވުމުން އިނގިރޭސި ބޮޑު ވަޒީރު ޖޫރިމަނާކޮށްފި

22 ޖަނަވަރީ 2023 - 06:49 0

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް ސޯޝަލް މީޑިއާ ވީޑިއޯއެއް ޝޫޓުކުރަމުން ދިޔަ ވަގުތު ދުއްވަމުން ދިޔަ ކާރުގެ ފަހަތުގައި ސީޓު ބެލްޓު ނާޅުއްވާ އިންނެވުމުން ޖޫރިމަނާކޮށްފި އެވެ.

ލެންކެޝަޔާ ފުލުހުން ބުނީ ލަންޑަނަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ މީހަކު ޖޫރިމަނާކުރި ކަމަށެވެ. އިނގިރޭސި ބޮޑު ވަޒީރުގެ އޮފީހުން މައާފަށް އެދި ބުނީ އެ އަދަބު ބަލައިގަންނަ ކަމަށެވެ.

އިނގިރޭސިވިލާތުގައި ސީޓު ބެލްޓު ނާޅާ ނަމަ 100 ޕައުންޑުން ޖޫރިމަނާކުރެވޭނެ އެވެ. މައްސަލަ ކޯޓަށް ގޮސްފި ނަމަ އެ އަދަދު 500 ޕައުންޑަށް އިތުރުވުން އެކަށީގެންވެ އެވެ.

ސުނަކްގެ ވީޑިއޯ އާއްމުކުރީ އިންސްޓަގްރާމް އެކައުންޓުގަ އެވެ. އެއީ އިނގިރޭސި ސަރުކާރުން ކުރަމުންދާ ކަންކަމަށް އާއްމުންގެ ތަރުހީބު ހޯދުމަށް ޝޫޓުކުރި ވީޑިއޯއެކެވެ.

މީގެ ކުރިން ވެސް ގަވާއިދާ ހިލާފުވެގެން ސުނަކް ޖޫރިމަނާކުރި އެވެ. އެއީ ޖޫން 2020 ގައި ކޮވިޑު އުސޫލާ ހިލާފަށް ކުރީގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ޕާޓީއަށް ވަޑައިގެންނެވި މައްސަލައިގަ އެވެ.