Advertisement

ވިޔަފާރީގެ ދުނިޔޭގައި މަޝްހޫރު އެސްއޭޕީ އަރީބާ ނެޓްވޯކު އެސްޓީއޯއިން ތައާރަފުކޮށްފި

20 ޖަނަވަރީ 2023 - 17:44 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެސްއޭޕީ އަރީބާ ނެޓުވޯކު ތައާރަފު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ


ވިޔަފާރީގެ ދުނިޔޭގައި މަޝްހޫރު އެސްއޭޕީ އަރީބާ ނެޓްވޯކު އެސްޓީއޯއިން ތައާރަފުކޮށްފި

20 ޖަނަވަރީ 2023 - 17:44 0

ވިޔަފާރީގެ ދުނިޔޭގައި މަޝްހޫރު އެސްއޭޕީ އަރީބާ ނެޓްވޯކު އެސްޓީއޯއިން ތައާރަފުކޮށްފި އެވެ.

އެ ނެޓްވޯކު ތައާރަފުކޮށްދެއްވީ އެކަމަށް ހާއްސަކޮށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު، މުހައްމަދު ޝިފާން އެވެ.

އެސްއޭޕީ އަރީބާ އަކީ ގަނެވިއްކުމަށާއި ޕުރޮކިއުމަންޓު މަސައްކަތަކަށް ހާއްސަ ކުލައުޑް ބޭސްޑު ނެޓްވޯކެކެވެ. އެ ނެޓުވޯކު މެދުވެރިކޮށް ނީލަމުގެ ޕުރޮސެސްގައި ބިޑު ފޮނުވުމާއި ބިޑު ހުށަހެޅުުމުގެ އިތުރުން ޕާޗޭސް އޯޑަރު ޖެހުމާއި މުދާ ލިބުމުން، ގުޑްސް ރިސީވް އޯޑާ ވެސް ފޮނުވޭނެ އެވެ.

އޭގެއިތުރުން ކޯޓޭޝަން އަށް ރިކުއެސްޓު ކުރުމާއި އެބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އެސްއޭޕީ އަރީބާގެ ދަށުން ކުރެވޭނެ އެވެ.

އެ ނެޓްވޯކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެސްޓީއޯ ޕުރޮކިއުމަންޓު ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު، އަބްދުލް ވާހިދު މޫސާ ވިދާޅުވީ މިވީހާތަނަށް އެސްޓީއޯއިން އެ ކުންފުނީގެ ސަޕްލަޔަރުންނާ މުއާމަލާތްތައް ކުރަމުން އައީ އީމެއިލް މެދުވެރިކޮށް ކަމަށާއި އޭގެ ސަބަބުން ވަރަށް ބައިވަރު މިސްކޮމިއުނިކޭޝަނުގެ މަައްސަލަތައް ވެސް ކުރިމަތިވާ ކަމަށެވެ.

އެސްޓީއޯއިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ


އެހެންނަމަވެސް އަލަށް ތައާރަފު ކުރި އަރީބާ ނެޓުވޯކާ އެކު ކުރިން ދިމާވަމުން އައި ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އަބްދުލްވާހިދު ވިދާޅުވި އެވެ.

"އެސްއޭޕީ އަރީބާގެ ސަބަބުން ފަސް ދުވަހުން ނިންމާލެވޭ ޕުރޮކިއުމަންޓު ވޯކްސް ފަސް ގަޑިއިރުން ކުރެވޭނެ،" އޭނާ ވީދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ޕުރޮކިއުމަންޓު ޑިޕާޓުމަނޓުގެ މެނޭޖަރު، ހުސެއިން އަލީ ވަނީ އެސްއޭޕީ އަރީބާއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެ ސެޝަންގައި އޭނާ ވަނީ އެސްއޭޕީ އަރީބާ ބޭނުން ކުރުމުން ލިބޭ ފައިދާ އަށް އަލިއަޅުވާލައި ވާހަކަދައްކަވާފަ އެވެ.

އެގޮތުން އެސްއޭޕީ އަރީބާ ބޭނުން ކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހުމާއި ބިޑު ހުށަހެޅުންފަދަ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ކުރެވުމުގެ އިތުރުން ޕުރޮކިއުމަންޓުގެ ހުރިހާ މަސައްކަތެއް އެއް ނެތުވޯކެއްގެ ތެރެއިން ކުރެވޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެސްޓީއޯއިން އަލަށް ތައާރަފު ކުރި އެސްއޭޕީ އަރީބާ ނެޓުވޯކަށް މަސައްކަތްތައް ރަސްމީކޮށް ބަދަލު ކުރާނީ ސަޕްލަޔަރުންނަށް އެކަމަށް ބޭނުންވާ ތަމްރީނު ދީ އެ ނެޓުވޯކަށް އަހުލުވެރިވުމުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެ ކުންފުނިން މިހާރުވެސް ގެންދަނީ އެސްއޭޕީ އަރީބާއަށް ސަޕްލަޔަރުން އަހުލުވެރި ކުރުމުގެ ޓުރެއިނިން ޕުރޮގުރާމުތައް ހިންގަމުންނެވެ.