Advertisement

ލާމު އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން

20 ޖަނަވަރީ 2023 - 10:53 1

ލ. ގަން

ނިމާ ހަސަން

ނިމާ ހަސަން


ލާމު އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން

20 ޖަނަވަރީ 2023 - 10:53 1

ލ. ގަން

ލާމު އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަން ހާމަކޮށްފި އެވެ.

މިކަން ހާމަކުރެއްވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ލާމު އަތޮޅަށް ޒިޔާރަތް ކުރައްވާ، މި އަތޮޅުގެ އެކި ރަށްތަކުގެ މެންބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރެއްވުމަށްފަހު އެވެ. ރޭ ބޭއްވި އެ ބައްދަލުވުންތަކުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން އޮތްކަން ހާމަކުރެއްވި ނަމަވެސް ސީދާ އެއާޕޯޓު އަޅާނެ ތަން ރައީސް ހާމައެއް ނުކުރައްވަ އެވެ.

ރައީސްގެ ކެމްޕޭން ދަތުރުތަކުގައި ބައިވެރިވެވަޑައިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ލާމު ކުނަހަންދޫ، މާވަށް، ހިތާދޫ އަދި މާމެންދޫ ހިމެނޭ ސަރަހައްދުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން ސަރުކާރުގައި އެބަ އޮތް ކަމަށެވެ.

“ސީދާ ލޮކޭޝަން ފައިނަލްކޮށް، އެކަން މެނިފެސްޓޯގައި ހިމަނާނެ” މިއުވާން ވިދާޅުވި އެވެ.

ލާމުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވާހަަކަ ދެކެވެން ފެށިއިރު، ރޭ ލާމު ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ވަނީ ލާމު އަތޮޅަކީ މުސްތަގުބަލު އޮތް ތަނެއް ކަމަށާއި، ވިޔަފާރި ފުޅާ ކުރެވޭނެ ތަނެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، އެކަމަށް ބޭނުންވަނީ ރަނގަޅު އެއާޕޯޓަކާއި ރަނގަޅު ބަނދަރެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ކައްދޫ އެއާޕޯޓު ރަނގަޅު ފެންވަރަކަށް ތައްޔާރު ކުރާތަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ރޭ ލާމު އަތޮޅަށް ވަޑައިގެންނެވިއިރު, ލާމުގައި ގުޅިފައިވާ ރަށްތަކެއްގެ އެމްޑީޕީ މެންބަރުން ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ކައްދުއަށްއެއްވެފަ އެވެ. 

ލާމުން ރައީސް ސޯލިހަށް ބޮޑު ތަރުހީބެއް ފެންނަން އޮތްއިރު, ލާމު ދާއިރާތަކުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު މިއަދު ހެނދުނު މާލެވަޑައިގަންނަވާނެ އެވެ.