Advertisement

ނީޑޯ ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް

19 ޖަނަވަރީ 2023 - 18:00 0

މަޖީދީމަގުގައި ހުންނަ އެމްއެޗްއޭގެ ފިހާރަ -- ފޮޓޯ: އަދަދު


ނީޑޯ ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް

19 ޖަނަވަރީ 2023 - 18:00 0

ނީޑޯގެ އުފެއްދުންތަކުން 30 ޕަސެންޓު ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެމްއެޗްއޭއިން ފަށައިފި އެވެ.

މިއަދުން ފެށިގެން އެމްއެޗްއޭގެ ހޯލްސޭލް އަދި ރީޓޭލް ފިހާރަތަކުން ނީޑޯގެ އުފެއްދުންތައް ހުސްވަންދެން އެ ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށް އެ އެމްއެޗްއޭއިން ބުނެ އެވެ.

ޓޭސްޓު ދަ ޑިފަރެންސްގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮމޯޝަނާއެކު އެމްއެޗްއޭއިން ވިއްކާ ނީޑޯގެ އުފެއްދުންތަކުގެ އަގަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ.

ހޯލްސޭލް އަގުތައް

ނީޑޯ 900 ގުރާމު ދަޅު - ކުރިން: 169ރ. - މިހާރު: 118ރ.

ނީޑޯ 1.8 ކިލޯ ދަޅު - ކުރިން: 327ރ. - މިހާރު: 229ރ.

ނީޑޯ 2.5 ކިލޯ ދަޅު - ކުރިން: 451ރ. - މިހާރު: 315ރ.

ރީޓޭލް އަގުތައް

ނީޑޯ 900 ގުރާމު ދަޅު - ކުރިން: 184ރ. - މިހާރު: 140ރ.

ނީޑޯ 1.8 ކިލޯ ދަޅު - ކުރިން: 342ރ. - މިހާރު: 260ރ.

ނީޑޯ 2.5 ކިލޯ ދަޅު - ކުރިން: 465ރ. - މިހާރު: 360ރ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑު ކުރުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ.

އެގޮތުން އާންމުކޮށް ކެއުންބުއިމުގައި ބޭނުން ކުރާ ހިކިކިރުގެ އަގަށް ވެސް ވަނީ ބަދަލު އައިސްފަ އެވެ.

ރާއްޖޭގައި ވިޔަފާރިކުރާތާ ބައި ގަރުނު ވެފައިވާ އެމްއެޗްއޭ ދެ ރީޓެއިލް ފިހާރަ ހުންނާނީ މަޖީދީ މަގު ސެންޓުރަލް ގުރޭންޑުގައާއި ފަރީދީ މަގު އެފްޑީއައި ކައިރީގަ އެވެ.