Advertisement

ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް ތަންފީޒު ނުކުރުމުން: ނަޝީދު

19 ޖަނަވަރީ 2023 - 09:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ޓެކްސް ބޮޑުކުރީ އެމްޑީޕީގެ ސިޔާސަތުތަކަށް ތަންފީޒު ނުކުރުމުން ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޓެކްސް ބޮޑުކުރަން ޖެހުނީ ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތަކަށް ތަންފީޒު ނުކުރުމުން: ނަޝީދު

19 ޖަނަވަރީ 2023 - 09:57 0

މި ސަރުކާރުން ޓެކްސް ބޮޑުކުރަން ޖެހުނީ އެމްޑީޕީން އެކަމަށް ކަނޑައެޅި ސިޔާސަތު ތަންފީޒު ނުކުރުމުން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ނިކުންނަވާ ހުންނެވި ނަޝީދު، ރޭ ހުޅުމާލޭގައި އެމަނިކުފާނުގެ ކެމްޕޭނު ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ސިޔާސަތުތަކަކާ އެކުގައި އިންތިހާބުތަކާ ކުރިމަތިލާ ޕާޓީއެއް ކަމަށެވެ.

"ޓެކްސްތައް ބޮޑުކުރީ ދަރަނި އަނބުރާ ދެއްކުމަށްޓަކައި ފައިސާ ހޯދުމަށް، ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގު މިދަނީ ވަރަށް ބޮޑުތަނުން އުފުލެމުން. ތަކެތީގެ އަގުބޮޑުވުމަކީ މީހުންނަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އިންތިހާބީ އަހަރެއްގައި ސަރުކާރުން ޓެކްސް ބޮޑުކުރަން ޖެހުނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުނުކުރުމުން ކަމަށް ވިދާޅުވެ ނަޝީދު ފާޑުވިދާޅުވީ ސަރުކާރު ކޯލިޝަނަށެވެ. އެގޮތުން ކޯލިޝަނުގެ ސިޔާސަތުގެ ސަބަބުން އެމްޑީޕީގެ މެންބަރުން ވަކިގޮތަކަށް ވިސްނުމަށް މަޖުބޫރުކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކެމްޕެއިނުގެ ތެރެއިން އެމަނިކުފާނަށް ވަރަށް ގިނަ ގޭގެއަށް ދެވި ގިނަ ބަޔަކާ ބައްދަލުވަމުން އަންނަ ކަމަށާއި އެމީހުންގެ ޝަކުވާއަކީ ކުރީގައި ކެއުމަށް ހަރަދުކުރި ފަސް ރުފިޔާގެ ބަދަލުގައި މިހާރު 20ރ. ހޭދަކުރަން ޖެހުން ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި ވެސް ތަކެތީގެ އަގު އުފުލިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އިންތިހާބުގެ އަހަރެއްގައި އަޅުގަނޑުމެންގެ ސިޔާސަތު ރާވާފައި އޮންނަންވީ ގޮތެއް ނޫން،" ނަޝީދު

އޭގެ އިތުރުން، އެމްޑީޕީގެ ގިނަ މެންބަރުން ސަރުކާރާ ހިތްހަމަ ނުޖެހި މި ދަނީ މި ސަބަބުތަކާ ހެދި ކަމަށް ވެސް ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ.

ޕްރައިމަރީގެ ކެމްޕޭނުގެ ތެރޭގައި މީގެ ކުރިން ވެސް ނަޝީދު ވަނީ ސަރުކާރު ހިންގާ ކޯލިޝަނަށް ފާޑުވިދާޅުވެ، ކޯލިޝަނުގެ ސަބަބުން އެމްޑީޕީގެ ސިޔާސަތުތަކަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މި އެމްޑީޕީ އަކީ މި ސަރުކާރު ނޫން ކަމަށާއި ސަރުކާރުގެ ބޮޑު ބައި ކޮންޓްރޯލް ކުރަނީ ކޯލިޝަނުގައި އޮތް އެހެން ޕާޓީތަކުން ކަމަށް ވެސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.