Advertisement

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ކަޓައިފި، އެމާ ބަލިކޮށް ގޯފް އަށް ހިތްވަރު

19 ޖަނަވަރީ 2023 - 00:59 0

އެންމެ ފަހުގެ ޗެމްޕިއަން ނަޑާލް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ކެޓިއިރު، އަނިޔާގެ ސަބަބުން ރަނގަޅު ކުޅުމެއް ނުދެއްކުނު.


އޮސްޓްރޭލިއަން އޯޕަން: ނަޑާލް ކަޓައިފި، އެމާ ބަލިކޮށް ގޯފް އަށް ހިތްވަރު

19 ޖަނަވަރީ 2023 - 00:59 0

މެލްބަން (ޖެނުއަރީ 19) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިިންގެ ރަފައެލް ނަޑާލް ކެޓިއިރު، އަންހެން ސިންގަލްސްގައި އިނގިރޭސި ތަރި، އެމާ ރަޑުކާނޫ އަތުން މޮޅުވެ، އެމެރިކާގެ ކޮކޯ ގޯފް މުބާރާތުގައި ކުރިއަށްދާން ހިތްވަރު ހޯދައިފި އެވެ.

ދުނިޔޭގެ 65 ވަނައިގައި ރޭންކްކޮށްފައިވާ އެމެރިކާގެ މެކްކެންޒީ މެކްޑޮނާލްޑާ ދެކޮޅަށް ކުޅުނު މެޗުން ނަޑާލް، 36، ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މެޗުގެ ކުރީކޮޅުގައި ދިމާވި އަނިޔާގެ މައްސަލަ އެވެ. ނަޑާލްގެ އުނަގަނޑަށް އަނިޔާވެ، އޭނާ އަަށް އެންމެ ރަނގަޅަށް ނުކުޅެވި، ނަތީޖާ އަކަށްވީ މެޗުން ބަލިވުމެވެ، މެޗުގެ ސެޓުތައް ދިޔައީ، 6-4, 6-4, 7-5 އިންނެވެ.

"އަހަރެންގެ ހަޔާތުގައި އެއްވެސް އިރެއްގައި ޝަކުވާ ކުރަން ބޭނުމެއް ނޫން، މިހާރު ވެސް އަހަރެން މި މަސައްކަތް ކުރަނީ، އަހަރެންނަށް ލިބޭ އަނިޔާތަކުން ވެސް އަރައިގަނެެގެން ކުޅެވޭތޯ، މި މެޗުގައި އެކަން ނުވި، އަހަރެން މި ހުރީ ދެރަވެފައި، އެހާ އަވަހަށް ވަކިވާން ޖެހޭނެ ކަމަށް ހިއެއް ނުކުރަން. އެކަމަކު، ޓެނިސް ކެރިއަރު ކުރިއަށް ގެންދިއުމަކީ އަދިވެސް އަމާޒު،" 22 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް، ރެކޯޑެއް ގާއިމްކޮށްފައިވާ ނަޑާލް ބުންޏެވެ.

މެކްކެންޒީ، 27، ބުނީ ނަޑާލަކީ ކޮންމެ ގޮތެއް ވިޔަސް ޓެނިހުގެ "ޗެމްޕިއަނެއް" ކަމަށާއި އެ ހަގީގަތް ޓެނިހުގެ ތާރީހުގައި އަބަދަށް ވެސް ފެންނަން އޮންނާނެ ކަމަށެވެ.

އަންހެން ސިންގަލްސް ބައިގެ ދެ ވަނަ ބުރުގައި އިނގިރޭސި ކުޅުންތެރިޔާ އެމާ (ކ) އާއި އެމެރިކާގެ ގޯފް ކުޅުނު މެޗުގެ ތެރެއިން.


އަންހެން ސިންގަލްސް ބައިގައި އެމެރިކާގެ 18 އަހަރުގެ ތަރި ގޯފް ވަނީ ފަސޭހަކަމާ އެކު އެމާ އަތުން 6-3, 7-6 އިން މޮޅުވެފަ އެވެ. މި ދެ ކުޅުންތެރިންގެ މި ކުރިމަތިލުމަކީ ޓެނިހުގެ މުސްތަގުބަލުގައި ގިނައިން ފެންނާނެ ވާދަވެރިކަމެއް ކަަމަށް ގިނަ ބަޔަކު ބުނެ އެވެ. މިއީ ދެ ކުޅުންތެރިން ޕްރޮފެޝަނަލް ޓެނިސް މެޗެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެެވެ.

ގޯފް އަށް މި މެޗުން ލިބުނު މޮޅާ އެކު މުބާރާތުގައި ކުރިއަށްދާން ހިތްވަރެއް ލިބުނު ކަމަށް ވަނީ ބުނެފަ އެވެ.

"މުޅި މެޗަށް ބަލާއިރު މިއީ އަހަރެމެން ދެ މީހުންނަށް ވެސް ޕްރެޝަރުގައި ގޯސްތަކެއް ވެސް ހެދުނު މެޗެއް. މިއީ އަހަރެމެންގެ ކެރިއަރުގެ ކުރީކޮޅު، އެހެންވީމަ، މިހެންދިމާވާ ކޮންމެ ކަމެއް ވެސް މިއީ ދަސްކޮށް ރަނގަޅު ކުރަން ލިބޭ ފުރުސަތެއް،" 20 އަހަރުގެ އެމާ އަތުން މޮޅުވި މެޗަށް އިޝާރާތްކޮށް ގޯފް ބުންޏެވެ.

ދުނިޔޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ، ޕޮލެންޑްގެ އިގާ ސްވިއަޓެކް، ދެ ވަނަ ބުރުގައި ކުޅުނު މެޗުން ވަނީ ކޮލަމްބިއާގެ ކަމީލާ އޮސޯރިއޯ އަތުން 6-2, 6-3 އިން މޮޅުވެފަ އެވެ.