Advertisement

ފޮތުގައި ހުރި ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ހެރީ

12 ޖަނަވަރީ 2023 - 05:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަމީރު ހެރީ ލިޔުއްވި އޮޓޯބަޔޮގްރަފީގެ ނަމަކީ "ސްޕެއާ." -- ފޮޓޯ: ޝަޓާސްޓޮކް


ފޮތުގައި ހުރި ވާހަކަ ފަތުރަނީ އޮޅުވާލައިގެން: ހެރީ

12 ޖަނަވަރީ 2023 - 05:49 0

އިނގިރޭސިވިލާތުގެ އަމީރު ހެރީ، ތާލިބާނުންގެ 25 މީހުން މަރާލި ކަމަށް އޮޓޯބަޔޮގްރަފީގައި ލިޔުއްވި ވާހަކަ ފަތުރަނީ އޮޅުވާލައިގެން ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފި އެވެ.

ހެރީގެ ހަޔާތުގެ މައްޗަށް ލިޔުއްވި އޮޓޯބަޔޮގްރަފީ "ސްޕެއާ" ގައިވާ ގޮތުން އަފްގާނިސްތާނުގައި ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި 2012 އިން 2013 އަށް އުޅުއްވި އިރު، ހަ މިޝަންގައި 25 މީހުން މަރާލި އެވެ.

މަރާލި މީހުންނަކީ ރާޒުވާ ކުޅިބައިތަކެއް ގޮތަށް ސިފަކޮށް ފޮތުގައި އެ ވާހަކަ ލިޔުއްވީ ކަންދެއްކުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެއީ "ނުރައްކާތެރި ދޮގެއް" ކަމަށް ހެރީ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބައެއް ސިފައިން ވަނީ އެ މައްސަލައިގައި ހެރީއަށް ފާޑުކިޔައިފަ އެވެ. މަރުވި މީހުން ރާޒުވާ ކުޅިބަޔެއްގެ ގޮތުގައި ސިފަކުރުމަކީ ގޯސްކަަމެއް ކަމަށް އެ މީހުން ދެކެ އެވެ.

އެ މައްސަލަ ހޫނުވެ އަފްގާނިސްތާނުގެ ރައްޔިތުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އެ މީހުން ގޮވާލީ ހެރީއާ މެދު ފިޔަވަޅު އެޅުއްވުމަށެވެ.

އެހެން ނަމަވެސް އެމެރިކާގެ ޓީވީ ޝޯއެއްގައި ހެރީ ވިދާޅުވީ ފޮތުގައި ލިޔުއްވި ވާހަކައިގެ މާނަ އޮޅުވާލައި، އާއިލާ ނުރައްކަލަށް ހުށަހެޅޭ ފަދަ ގޮތަކަށް އެ ވާހަކަ ފަތުރަމުންދާ ކަމަށެވެ.

އަންގާރަ ދުވަހު އިނގިރޭސިވިލާތުގައި ނެރުނު "ސްޕެއާ"އަކީ މިހާތަނަށް އެ ގައުމުގެ ތާރީހުގައި އެންމެ އަވަހަށް ވިކި ހުސްވަމުންދާ "ނަން ފިކްޝަން" ފޮތެވެ.

ފޮތް ވިއްކަން ފެށުމުގެ ކުރިން ގިނަ ތަފުސީލްތަކެއް މީޑިއާއިން އާއްމުކުރި ނަމަވެސް، މިހާތަނަށް އޭގެ 400،000 އަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފަ އެވެ.