Advertisement

އޮޕަރޭޝަނަށް ފަހު ޕޮގްބާ އެނބުރި ޔުވެންޓަސްގެ ފަރިތަކުރުންތަކަށް

11 ޖަނަވަރީ 2023 - 09:50 0


އޮޕަރޭޝަނަށް ފަހު ޕޮގްބާ އެނބުރި ޔުވެންޓަސްގެ ފަރިތަކުރުންތަކަށް

11 ޖަނަވަރީ 2023 - 09:50 0

ޓިއުރިން (ޖެނުއަރީ 11) - ކަކުލުގެ އޮޕަރޭޝަނަކަށް ފަހު ކުޅުމާ ދުރުގަިއ ހުރުމަށް ފަހު, ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ޔުވެންޓަސްގެ ޓީމު ފަރިތަކުުރުންތަކުގައި ބައިވެރިވާން ފަށައިިފިއެވެ.

މެންޗެސްޓާ ޔުނައިޓަޑް ދޫކޮށް، އެނބުރި ޔުވެންޓަސް އަށް ޕޮގްބާ ،29، އައި ފަހުން، އޭނާ އަދި ޔުވެންޓަސް އަށް ރަސްމީ މެޗެއް ނުކުޅެ އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން، ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ޕޮގްބާ ބައިވެރިވި ފުރަތަމަ ފަހަރެވެ. އެ ފަހަރު ވެސް ޕޮގްބާ ބައިވެރިވީ، އިންޑިވިޖުއަލް ޓްރެއިނިންތަކުގަ އެވެ.

ޕޮގްބާ ކަނާތު ފައިގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ ޖުލައި މަހެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ކުޅުމަށް އޮތް އުންމީދު ދެމެހެއްޓުމަށް ޕޮގްބާ އެންމެ ފުރަތަމަ އޮޕަރޭޝަނެއް ނުކުރިޔަސް، ކުރިއެރުމެއް ނުލިބުމާއެކު ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ކަކުލުގެ އޮޕަޜޭޝަނެއް ކޮށްފަ އެވެ. އެހެންކަމުން، ޕޮގްބާ އަށް ވޯލްޑް ކަޕްގައި ވެސް ނުކުޅެވުނެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މި މަސް ނިމުމުގެ ކުރިން ޕޮގްބާ މެޗުތައް ކުޅޭވޭވަރަށް ފިޓުވާނެ އެވެ. އެކަމަކު، ޔުވެންޓަސްގެ އަމާޒަކީ އަންނަ މަހު ނޯންޓްސްއާ ދެކޮޅަށް ކުޅޭ ޔޫރޮޕާ ލީގުގެ ޕްލޭއޮފް މެޗަށް ޕޮގްބާ ފިޓުވުމެވެ.

ޔުވެންޓަސްގައި ކުރިން ހޭދަކުރި އަހަރުތަކުގައި އެ ކްލަބުގެ ސަޕޯޓަރުންގެ ރުހުން ހޯދާފައިވާ ޕޮގްބާ އެ ކްލަބަށް އެނބުރި އައުމާ އެކު، ޔުވެންޓަސްގެ ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު، އޮޕަރޭޝަނަށް ފަހު އޭނާގެ ރިކަވަރީ ލަސްވުމާއި، ބައެއް ސޯޝަލް މީޑިއާ ޕޯސްޓްތަކާ ގުޅިގެން ޕޮގްބާ އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.