Advertisement

ހާލުގައި ޖެހުނު ބިދޭސީންނަށް އަދިވެސް ވަގުތީ އެކޮމޮޑޭޝަނެއް ހަމަނުޖެހޭ

9 ޖަނަވަރީ 2023 - 18:50 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ނީލަން ފިހާރައިގައި މިއަދު ހޮނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބައެއް މީހުން: ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ހާލުގައި ޖެހުނު ބިދޭސީންނަށް އަދިވެސް ވަގުތީ އެކޮމޮޑޭޝަނެއް ހަމަނުޖެހޭ

9 ޖަނަވަރީ 2023 - 18:50 0

މާލޭ ނީލަން ފިހާރާގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ބިދޭސީންނަށް އަދިވެސް ވަގުތީ އެކޮމޮޑޭޝަނެއް ހަޖައްސައިދީފައިނުވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރޭ ފަތިހު ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ހާދިސާގައި ގިނަ ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކްތަކެއް ވަނީ އަނދާހުލިވެފަ އެވެ. އެ ހާދިސާގެ ސަބަބުން 250 އެއްހާ ބިދޭސީން ހާލުގައި ޖެހިފައިވާއިރު، މިވަގުތު އެމީހުން ތިބީ ޑިޒާސްޓާ މެނޭޖްމަންޓުގެ ފަރާތުން ހަމަޖައްސާފައިވާ ވަގުތީ ހިޔާގަ އެވެ.

ނީލަން ފިހާރަ އަދާ ހުލިވި އިރު، މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ގިނަ ބިދޭސީންތަކެއްގެ އެކޮމޮޑޭޝަންވެސް ވަނީ އަދައިފަ އެވެ. މުއިއްޒު ވިދާޅުވީ، އަލިފާނުގެ ހާދިސާގެ ސަބަބުން ސިޓީ ކައުންސިލުގައި މަސައްކަތްކުރާ 102 ބިދޭސީއެއްގެ އެކޮމޮޑޭޝަން ގެއްލިގެން ގޮސްފައިވާ ކަމަށާއި، އެމީހުންގެ ހިފާ ގެންގުޅޭ ތަކެއްޗާއި އަންނައުނު ވެސް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، ހާލުގައި ޖެހުނު ބިދޭސީންގެ ތެރެއިން 16 މުވައްޒަފަކަށް ޔޫތު މިނިސްޓްރީން އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންނަށްވެސް މިރެއާ ހަމައަށް އެކޮމޮޑޭޝަން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކަމެއް ދިމާވާނީ ބުނެފައެއް ނޫން. ކަމެއް ދިމާވީމަ އެކަމެއް ހައްލު ކުރުމަށް އަވަސް ފިޔަވަޅު އެޅުން އޮންނާނީ. މިވަގުތާއި ހަމައަށް އެހީ ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރަން." މުއިއްޒު ވިދާޅުވި އެވެ.