Advertisement

ޓެކްސީ ކުރުމާމެދު ވެސް ދެ ރައީސުންގެ ވިސްނުން ތަފާތު

9 ޖަނަވަރީ 2023 - 13:26 0

ބ. އޭދަފުށި

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ބ. އޭދަފުށީ މެންބަރުންނަ މުހާތަބު ކުރައްވާ ވާހަކަދައްކަަަނީ; ޓެކްސީ ސަރުކާރަށް ނަގަންޖެހެ ސަބަބެއް ނެތް ކަމަށް ވިދާޅުވި


ޓެކްސީ ކުރުމާމެދު ވެސް ދެ ރައީސުންގެ ވިސްނުން ތަފާތު

9 ޖަނަވަރީ 2023 - 13:26 0

ބ. އޭދަފުށި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ބ. އޭދަފުއްޓަށް ޒިޔާރަތްކުރައްވާ ވާހަކަދައްކަވަަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓެކްސީތައް ސަރުކާރަށް ނެގުމާ ބެހޭގޮތުން ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ނަޝީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މާލޭގައި ޓެކްސީ ކުރުމާ ބެހޭގޮތުން ސިޔާސަތެއް ހާމަކުރައްވާފަ އެވެ. އެގޮތުން ޓެކްސީތައް ސަރުކާރަށް ގަނެ, ޑްރައިވަރަށް އެހެން ހުނަރެއް ހޯދައިދީ ނުވަތަ އެ ޑްރައިވަރަށް ބަސް ކުންފުނިން ވަޒީފާއެއް ދިނުމަށް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރަށް ޓެކްސީ ގަންނާނީ މާލޭގައި ޓެކްސީ ބޭނުންވާ އަދަދު އަންދާޒާކޮށް ދިރާސާކޮށްގެން ކަމަށެވެ. އަދި އެ އަދަދުގެ އިތުރަށް ހުރި ޓެކްސީއެއް ނަމަ ސަރުކާރުން 'ބައިބެކް' ސިޔާސަތެއްގެ ދަށުން އަލުން އަނބުރާ ގަތުމުގެ ޕްލޭނެއް ކުރިއަށް ގެންދިއުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު މި ސިޔާސަތު ހާމަކުރެއްވީ މާލޭގެ ޓެކްސީ ޑްރަވަރުންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. މިކަމަށް ރައްދު ދެއްވަމުން ރައީސް މިއަދު ވިދާޅުވީ އެއީ ކަން ކުރަން ޖެހޭ ގޮތެއް ނޫން ކަމަށާއި, އެ ސިޔާސަތު ކަމު ނުދާ ކަމަށެވެ.

"މާލޭގެ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާ މި ވިދާޅުވަނީ މާލޭގެ ހުރިހާ ޓެކްސީތަކެއް ސަރުކާރަށް ނަގާ ވާހަކަ. މިއީ ކޮން ވިޔަފާރިއެއްތޯ؟ މިއީ ވަކިވަކި ފަރުދުން ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ،" ސަރުކާރުން އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަ ކަމުގެ ތުހުމަތު ކުރައްވާ ނަޝީދު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރަންޖެހޭ ކަމަކީ އާ ޓެކްސީ ހޯދައި, ދިގު މުއްދަތަކަށް ފައިސާ ދެއްކޭނެ ގޮތަށް ޓެކްސީ ޑްރައިވަރުންނަށް ދިނުން ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެގޮތަށް ޓެކްސީ ކާރު ރާއްޖެ ގެނެސް މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށް ދިގު މުއްދަތަކުން ފައިސާ ދައްކާގޮތަށް ކާރު ހަވާލު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭދަފޫށިގައި ބޭއްވި ޕްރައިމަރީ ކެމްޕޭން ޖަލްސާ; ރައީސް ވަނީ ވާދަވެރިންނަން ރައްދު ދެއްވާފައި -- ފޮޓޯ: އެމްޑީޕީ


އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަންނަ ކަމަށް ވާދަވެރި ފަރާތްތަކުން ތުހުމަތު ކުރުމާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ އެ އިޝާރާތްކުރަނީ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން އިންވެސްޓްކުރާ ވާހަކަ ކަމަށެވެ.

ނަމަވެސް ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަމުގެ ސިނާއަތް އަދި ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލެވެން ނެތް ކަމަށާއި, އެ ސިނާއަތް ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލައިގެން އެކަމުގެ ރަނގަޅު ފައިދާ މަސްވެރިންނަށް ކުރާނެ ކަމުގެ ޔަގީންކަން އަދި ނެތެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ގެންދަނީ މަސްވެރިކަމުގެ ސިނާއަތަށް ބޭނުންވާ އެތައް މަޝްރޫއެއް ހިންގަމުން ކަމަށެވެ.

ޕްރައިމަރީގައި ކެމްޕޭނު ކުރަންވީ ގޮތާމެދު އިލްތިމާސްކުރެއްވި ކުރެއްވުން ތަކުރާރު ކުރައްވާ ރައީސް މިއަދު ވިދާޅުވީ ޕްރައިމަރީ ނިމުމުން ބަޔަކު ދުރުގައި ތިބެދާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނީ މުޅި އެމްޑީޕީއާއި, ގައުމުގެ ތަރައްގީއަށް ހިޔާލުދޭ މީހުންނާއެކު ކުރިއަށް ކަމަށެވެ.