6 ޖަނަވަރީ 2023 - 20:09 0
އާމިނަތު ނިއުޝާ
6 ޖަނަވަރީ 2023 - 20:09 0
ރަސްމީ ދަތުރުފުޅެއްގައި ރ. އަތޮޅު އަލިފުއްޓަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނު ކުރެއްވި ކަމަށް އެމްޑީޕީ ޕްރައިމެރީގައި ވާދަކުރައްވާަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
ނަޝީދު ރައީސް ސޯލިހަށް ފާޑުވިދާޅުވީ ބައިނަލްްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރައީސް ސޯލިހް އިއްޔެ ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީގެ ޖަގަހައިގަ އޮތް ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމުންނެވެ.
އއ. އަތޮޅު ރަސްދޫއަށް ވަޑައިގެން ތާއީދުކުރާ ފަަރާތްތަކާ މުހާާތަަބުކޮށް ވާހަކަ ދައްކަަވަމުން ނަަޝީދު ވިދާޅުވީ، އެހެން ޕާޓީތަކުގެ ފިކުރު ސަރުކާރު ހިންްގުމުގެ ނިޒާމަށް ވަދެ މަސްހުުނިވާ މަންޒަރު ފެނުމުން ކަންބޮޑުވާ ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ ރައީސް ރަސްމީ ދަތުރުފުޅެއްގައި ތަންތަނަށް ވަޑައިގެން ކުރަންޖެހޭނީ އެ ދިޔަ ރަސްމީ މަސައްކަތްޕުޅު ކަމަށާއި ކެމްޕޭނު ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ ކެމްޕޭނަށް ދަތުރުކުރަން ޖެހޭނީ ކެމްޕޭނު ޓީމުގެ ހަަރަަދުގާ އަަމިއްލަަފުޅަށް ކަމަށާއި އެކަމަށް ސަރުކާރުގެ ބަޖެޓުން ފައިސާ ހަރަދުކުރެއްވުމަކީ "ޑީއާރުޕީ ފިކުރު" ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގާ ތަނަކަށް ވަޑައިގެންފިއްޔާ ކުރައްވަންވީ އެކަންތައް. އެމްޑީޕީ ކެމްޕޭނުގާ ދަތުރުކުރައްވަންޏާ އެކަން ކުރައްވަން ޖެހޭނީ އެހެން ގޮތަކަށް. އަމިއްލަަފުޅަށް ލޯންޗެއްގަ. އަމިއްލަފުޅަށް ކެމްޕޭން ޓީމުގެ ހަރަދުތަކުން އެކަން ކުރަން ޖެހޭނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަަޝީދު ވިދާޅުވީ ތާއީދު ހޯއްދެވުމަށް ކުރާ ކެމްޕޭނު ވާން ވާނީ އާދައިގެ ކެމްޕޭނަކަށް ކަމަށާއި މާ ގަދަރާ އިއްޒަތުގައި އެކަން ކޮށްފި ނަމަ އާދެވޭނީ "ނުބައި ވެރިކަމަކަށް" ކަަން ގަބޫލުކުރައްވާާ ކަަމަށެވެ.
ރައީސް ސޯލިހް އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރަައްޔިތުންނާ ބައްދަކުރުމަށް ޖަގަހަ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އެރަށުގެ ކެމްޕޭނުގައި އިސްކޮށް އުޅޭނެ ފަރާތްތަކާ ބައްދަލުކޮށް އިރުޝާދުތަކެއް ދެއްވި އެވެ. ރައީސް ވަނީ ކެމްޕެއިނުގައި އެއް ބަޔަކު އަނެއް ބަޔަކާއެކު ފަހުން މަސައްކަތް ކުރަން ޖެހޭނެކަން ވިސްނައިގެން ކުރިއަަށް ދިއުމަަށް އިލްތިމާސްކޮށްފައެވެ.
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން މިއަދު ދަތުރު ކުރައްވަނީ ރ. އަތޮޅުގެ މާކުރަތާއި އިންނަމާދޫ އާއި މީދޫއަށެވެ. ނަޝީދުގެ ކެމްޕެއިން ޓީމުން އއ. އަތޮޅުގެ ތޮއްޑޫ އާއި ރަސްދޫ އާއި އުކުޅަހާއި ހިމަންދޫ އާއި އދ. އަތޮޅުގެ މަހިބަދޫ އާއި މާމިނގިއްޔަށް ދަނީ ދަތުރު ކުރައްވަމުންނެވެ.
ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވި އެވެ.
Comment