Advertisement

އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

4 ޖަނަވަރީ 2023 - 06:51 0

އަހުމަދު އާއިދު

އ

Advertisement


އެންދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

4 ޖަނަވަރީ 2023 - 06:51 0

Advertisement

Advertisement

މަސްވެރިކަމުގެ ތެރެއިން އެންދަމަން ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އުމުރުން 56 އަހަރުގެ މި މީހާއަކީ ގއ. ދެއްވަދޫއިން މަހަށް ނުކުތް މީހެކެވެ.

Advertisement

މި ހާދިސާގެ ރިޕޯޓު ފުލުހުން ލިބިފައިވަނީ މިއަދު ހެދުނު 08:30 ހާއިރު ކަމަށާއި އެމީހާ ފެނިފައިވަނީ ދެއްވަދޫއާ މޭލެއްހާތަން ބޭރު ކަނޑުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވަނީ އެ މީހާ ފެނުމާއެކު ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.