1 ޖަނަވަރީ 2023 - 14:06 0
މުހައްމަދު ޝަހްޒާން
1 ޖަނަވަރީ 2023 - 14:06 0
އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ޓްރާންސްޕޯޓު މިނިސްޓަރީން ބަލައިގަންނަން ފަށައިފި އެވެ.
މީގެ ކުރިން އެ ފައިސާ ބަލައިގަންނަމުން ދިޔައީ މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީ މެދުވެރިކޮށެވެ. އެހެންނަމަވެސް ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެ ފައިސާ ކައުންސިލްތަކަށް ލިބޭ ގޮތަށް ފިނޭންސް މިނިސްޓަރީން އުސޫލު ބަދަލު ކުރީ ހުސްވި މަހު އެވެ.
އެގޮތުން މިއަދުން ފެށިގެން އެ ފައިސާ ބަލައިގަންނަމުން ދާނީ ޓްރާންސްޕޯޓު މިނިސްޓަރީން ތައްޔާރުކޮށްފައިވާ އޮންލައިން ޕޭމަންޓު ޕޯޓަލް ސަވާރީ ޕޭ މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް ވެހިކަލްތަކުގެ ޓުރެފިކް އަދި ޕާކިން ޖޫރިމަނާ ފައިސާ އާއި އެއްގަމާއި ކަނޑު އުޅަނދުތަކުގެ ފީ ވެސް ބަލައިގަންނާނެ އެވެ.
ސަވާރީ ޕޭ މެދުވެރިކޮށް ދައްކާ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭނެ ގޮތަށް، މިދިޔަ މަހުގެ ނިޔަލަށް ބަނޑޭރި ޕޭއަށް އިންޓަގުރޭޓު ކުރުމަށް އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް އަންގާފަ އެވެ. އިއްޔެގެ ނިޔަލަށް އެ ޕޯޓަލްއަށް އިންޓަގުރޭޓު ނުކޮށް ހުރި ކައުންސިލްތަކަށް އެ ފައިސާ ލިބޭނީ ޕަބްލިކް އެކައުންޓު މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރީން ވަނީ ބުނެފަ އެވެ.
ލަމަރުކަޒީ ނިޒާމުގެ ދަށުން ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ގެނެވުނު ބަދަލާ އެކު ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ އެވެ.
Comment