Advertisement

ނެދަލެންޑްސްގެ ތަރި އޯވަމާސް އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

1 ޖަނަވަރީ 2023 - 02:01 0


ނެދަލެންޑްސްގެ ތަރި އޯވަމާސް އަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެނީ

1 ޖަނަވަރީ 2023 - 02:01 0

ބްރުސެލްސް، ބެލްޖިއަމް (ޖެނުއަރީ 1) - ކުރިން އާސެނަލާއި ބާސެލޯނާ އަށް ކުޅުނު ނެދަލެންޑްސްގެ ވިންގް، މާކް އޯވަމާސް އަށް ސްޓްރޯކެއް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ބުނެފި އެވެ.

ބެލްޖިއަމްގެ ކްލަބް، ރޯޔަލް އެންޓްވާޕްގެ ސްޕޯޓިން ޑިރެކްޓަރެއްގެ ގޮތުގައި މި އަހަރު މާޗް މަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އޯވަމާސް، 49، އަށް ނޭވާލުމުގައި އުނދަގޫތަކެއް ކުރިމަތިވާތީ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ އެވެ.

"މާކް (އޯވަމާސް)ގެ ހާލު އަންނަނީ ރަނގަޅުވަމުން. ސީރިއަސްވާން ޖެހޭ ކަމެއް ނެތް. ސިއްހީ ވާހަކަތަކެއް ވީމަ، އަހަރެމެން އޭނާގެ ރިކަވަރީ އަށް ފުރުސަތު ދޭން ވަނީ ނިންމާފައި، ދެން، މި ވާހަކަ މީޑިއާގައި ދެއްކުމަކީ ވެސް އެންމެ ރަަނގަޅު ގޮތެއް ނޫން،" ރޯޔަލް އެންޓްވާޕްގެ އޮފިޝަލަކު ބެލްޖިއަމް މީޑިއާ އަށް ބުނެފައިވެ އެވެ.

2004 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ނެދަލެންޑްސްގެ އޯވަމާސް އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.


އޯވަމާސް މީގެ ކުރިން ހުރީ ނެދަލެންޑްސްގެ ކްލަބް އަޔަކްސްގެ ސީނިއާ މަގާމެއްގަ އެވެ. އެކަމަކު، ފެބްރުއަރީ މަހު، އަޔަކްސްގެ ހެޑްކުއާޓަރުގައި މަސައްކަތް ކުރާ އަންހެން ސްޓާފަކަށް އިޖުތިމާއީ މިންގަނޑާ ހިލާފު ފޮޓޯތަކެއް ފޮނުވި މައްސަަލައިގައި އޯވަމާސް އެ ކްލަބުގެ މަގާމުން ވަކިކުރި އެވެ.

އޭގެ އެއް މަސް ފަހުން، ރޯޔަލް އެންޓްވާޕުން އޯވަމާސް އަށް ވަޒީފާ ދިނީ ދެ ވަނަ ފުރުސަތެއް ދިނުމުގެ ގޮތުން ކަމަށް ބުނެ އެވެ.

އޯވަމާސް ކެރިއަރު ފެށީ 1990 ވަނަ އަހަރު ނެދަލެންޑްސްގެ ކްލަބް، ގޯ އަހެޑް އީގަލްސް އިންނެވެ. އޭގެ ފަހުން ވިލެމް އާއި އަށް އެއް އަަހަރު ކުޅުމަށް ފަހު އޯވަމާސް ދެން ފެނުނީ 1992-1997 އަށް އަަޔަކްސް ޓީމުންނެވެ.

އާސެނަލްގެ ލެޖެންޑަރީ ކޯޗު އާސެން ވެންގާ، 1997 ވަަނަ އަހަރު އޯވަމާސް އެ ޓީމަށް ގެނަ އެވެ. އޭގެ ފަހުން ބާސެލޯނާ އަށް ވެސް ހަަތަރު އަހަރު ކުޅުނު އޯވަމާސް ފަހުން، 2009 ވަނަ އަހަރު ކެރިއަރު ނިންމާލީ ގޯ އަހެޑް އީގަލްސް އަށް ކުޅެފަ އެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް 1993 އިން 2004 އަށް ކުޅުނު އޯވަމާސް ވަނީ އެ ޓީމަށް ކުޅެދިން 86 މެޗުން 17 ލަނޑު ޖަހައިފަ އެވެ.