Advertisement

އެޗްޑީސީން ފިޔަވަތީގައި އުޅޭ ކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފި

31 ޑިސެންބަރު 2022 - 11:16 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

އެޗްޑީސީގެ ފަރާތުން ފިޔަވަތީގައި އުޅޭ ކުދިންނަށް ބޭއްވި ހާއްސަ ހަވީރު. ފޮޓޯ/ އެޗްޑީސީ


އެޗްޑީސީން ފިޔަވަތީގައި އުޅޭ ކުދިންނަށް ހާއްސަ ހަވީރެއް ބާއްވައިފި

31 ޑިސެންބަރު 2022 - 11:16 0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

"ފިޔަވަތި ފަން ޑޭ" ގެ ނަމުގައި އިއްޔެ ފަރުކޮޅުފުށީގައި ބޭއްވި މި ހާއްސަ ހަވީރުގައި ފިޔަވަތީގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.

އެ ހަވީރުގައި އެޗްޑީސީގެ ބައެއް އިސްވެރިންނާއި ފިޔަވަތީގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. މި ހަވީރުގައި އެޗްޑީސީން ވަނީ ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިން ބެލުމަށް ހަމަޖައްސާފައިވާ ތަނެކެވެ.