Advertisement

ކޯ-ލިވިން ހައުންސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

31 ޑިސެންބަރު 2022 - 11:38 0

ނިމާ ހަސަން

ނިމާ ހަސަން

ހުޅުމާލޭގައި ކޯ-ލިވިން ހައުސިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ކޯ-ލިވިން ހައުންސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

31 ޑިސެންބަރު 2022 - 11:38 0

މާލެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނާއި ބޮޑު ކުލީގައި އެކަނި އުޅޭ މީހުންނަށް ހާއްސަކޮށް ކުރިއަށްގެންދާ ކޯ-ލިވިން ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފެށިއިރު، އެ މަޝްރޫއުގެ ސަބަބުން އެކަނި ދިރިއުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ލިބިގެންދާނެ އެވެ. ހުޅުމާލޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީ ކުރާ ކޯ-ލިވިން ހައުސިން ޕްރޮޖެކްޓު ހިންގަނީ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލު ކޮށްގެންނެވެ.

އެ މަޝްރޫއުގެ ދަށުން ކޯ-ޝެއާ ނުވަތަ އެހެން މީހުންނާއެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުންކުރާ ބަދިގެފަދަ ތަންތަން ހިއްސާކޮށްގެން ދިރިއުޅުމަށް ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަފާތު ހިދުމަތްތަކާއެކު ކުރިއަށްގެންދާ އެ މަޝްރޫއު ނިމޭއިރު، އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފިލާއެއްގައި އެންމެނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އޭގެ އިތުރުން ވެސް އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަފަދަ އެހެނިހެން ހިދުމަތްތަކެއް މި ބިލްޑިންތަކުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޯ-ލިވިން ހައުސިން ތައާރަފު ކުރުމަށް އެޗްޑީސީން ނިންމާފައި ވަނީ އެކަމާ ގުޅޭ ދިރާސާއެއް ހެދުމަށްފަހު އެވެ. އެގޮތުން އެ ދިރާސާއިން ދައްކާގޮތުން ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން އާންމު ގޮތެއްގައި މަހަކު 5000ރ. ހަމައެކަނި ކުލީގެ ގޮތުގައި ދައްކަ އެވެ. އޭގެ ތެރެއިން 56 ޕަސަންޓަށްވުރެ ގިނަ ފަރާތްތަކުން އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

ކޯލިވިން ހައުސިން ތަރައްގީ ކުރަނީ ހުޅުމާލޭގައި މިހާރު ވެސް އާބަދުވެ ތަރައްގީވަމުން އަންނަ ސަރަހައްދެއްގައި ހުންނަ 16،934 އަކަފޫޓުގެ ބިމެއްގައި 14 ބުރީގެ އިމާރާތެއްގަ އެވެ. އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާއިން ފެށިގެން ނުވަ ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިން އަދި ބާކީ ފްލޯތަކުގައި ސިންގަލް ރޫމް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުއްޔަށް ދޭން ނިންމާފައި ވަނީ ހަމައެކަނި ދިވެހިންނަށެވެ.