Advertisement

ޕޯސްޓްމޯޓަމްއަށް ފަހު ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

24 ޑިސެންބަރު 2022 - 15:15 0


ޕޯސްޓްމޯޓަމްއަށް ފަހު ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފި

24 ޑިސެންބަރު 2022 - 15:15 0

މި މަހުގެ ނުވަނަ ދުވަހު، ހދ. ނޮޅިވަރަމުގައި މަރުވެފައި އޮއްވާ ފެނުނު، ނިޝާމާ މުހައްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމް ހެދުމަށް ފަހު، އޭނާގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސްފި އެވެ.

ނޮޅިވަރަމު، ހިތަށްފިނިވާގޭ، ނިޝާމާ، 28އ، ގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް އިންޑިއާއަށް ފޮނުވީ ޑިސެމްބަރު 21، ގަ އެވެ. އަދި، އެއަށްފަހު މިއަދު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި މަރުގެ މައްސަލައިގައި ނިޝާމާގެ ފިރިމީހާ، އދ. ފެންފުއްޓަށް ނިސްބަތްވާ އަބޫބަކުރު ފައިސަލަށް ތުހުމަތު ކުރެވޭއިރު، ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ކުއްލިއަކަށް ފުރައިގެން ގޮސް ހުރީ އެ އަތޮޅު ކުޅުދުއްފުށީގަ އެވެ.

އެ އަތޮޅު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ފައިސަލް ދިޔައީ އަމިއްލައަށެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވަނިކޮށް އޭނާ ދަން ޖެހިފައި ހުއްޓާ ފެނިގެން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ. ފަރުވާ ދެނިކޮށް މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ މަރުވެފަ އެވެ.

ގެވެށި އަނިޔާކޮށް ނިޝާމާ މަރާލީ ކަމުގެ ފައިސަލްގެ މައްޗަށް ކުރެވޭއިރު މަސްތުވާތަކެތީގެ ތުހުމަތުތައް ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ. އދ. ފެންފުއްޓަށް އުފަން ފައިސަލް އަދި ނިޝާމާގެ ހަތް އަހަރުން ދަށުގެ ތިން ދަރިން ތިބެ އެވެ.

މި ހާދިސާއަށް ފަހު ފައިސަލަށް ތުހުމަތު ކުރެވޭ އަނިޔާގެ އިތުރު މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 2015 ވަނަ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ. އަދި, އޭނާގެ އެންމެ ފުރަތަމަ އަނބިމީހާ ވެސް ވަނީ މި ނޫހާ އެފަދަ ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.