Advertisement

"ރިލްވާން އެކަނިތަ މަރުވެގެން އުޅެނީ؟"، ތި ކުޅެނީ މަރުގެ ކާޑު!"

23 ޑިސެންބަރު 2022 - 22:20 0

ނިމާ ހަސަން

ނިމާ ހަސަން

"ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ؛ މި ސަރުކާރުން ކުޅެނީ މަރުގެ ކާޑު ކަމަށް ވިދާޅުވި -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"ރިލްވާން އެކަނިތަ މަރުވެގެން އުޅެނީ؟"، ތި ކުޅެނީ މަރުގެ ކާޑު!"

23 ޑިސެންބަރު 2022 - 22:20 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ މަރުފަލި ޖަހާ ސަރުކާރެއްް ކަމަށާއި، ވެރިކަން ހޯދަން މަރުގެ ކާޑު ކުޅެމުންދާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފި އެވެ.

މިރޭ ކާނިވާ ސަރަހައްދުގައި "ފެލާލައިފި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ ފުލުހުންނާއި، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެގޮތުން ފުލުހުންނަކީ "ގަމާރު، ބީތާ" ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައި ވެއެވެ.

ބަލަ ރިލްވާން އެކަނިތަ މަރުވެގެން މިއުޅެނީ؟

މި ސަރުކާރުން މަރުގެ ކާޑު ކުޅޭ ކަމަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ، އިންތިހާބާ ދިމާކޮށް ސަރުކާރުން، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އަދި މަރުވީ ހަމައެކަނި ރިލްވާންތޯ ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ ޕީޕީއެމް ވެރިކަމެއްގައި ވީގޮތެއް ނޭނގި، މަރުވާ ކޮންމެ މީހެއްގެ މައްސަލަ ބަލާނެ ކަމަށެވެ.

ރިލްވާންގެ މައްސަލައަކީ ފުލުހުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ރިލްވާން ގެއްލުނު ދުވަހު އޭނާ އަރުވައިގެން ގެންދިޔަ ކާރު ދުއްވަން އިނީ ކާކުކަން ފުލުހުންނަށް ނޭނގޭތޯ ސުވާލުކޮށްފަ ކަމަށެވެ. އަދި ފުލުހުންނަކީ 'ގަމާރު ބީތާއިން'ތޯ ސުވާލުކުރައްވަމުން ޔާމީން ވިދާޅުވީ ރިލްވާން ގެއްލުވާލާ މަރާލުމުގައި ބައިވެރިވި މީހުން ރާއްޖެއިން ފުރައިގެން ދިއުމުގައި އެހީތެރިވީ ކޮންބައެއްތޯ އައްސަވާފައި ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު، ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިމަހު 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަށް ތުހުމަތުތަކެއް ކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ ތ. އޮމަދޫ، ނަރުގިސްވިލާ މުހައްމަދު މުނާޒް (މަނާއްކޮ) ސީރިއާއަށް ފުރުމުގެ ކުރިން އޭރުގެ ރައީސްުލްޖުމްހޫރިއްޔާ އާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭ ގޮތަށް އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަކަށް ލައިގެން މަރާލުމުގައި ބައިވެރިވި މީހުންނާއި އެކަން ކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައި ވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާ އެކު ކަން ވެސް މި ތަހުގީގަށް އެނގިފައިވޭ، މި މައުލޫމާތު ކޮމިޝަނާ ހިއްސާ ކުރި ފަރާތަކީ މުނާޒުއާ ވަރަށް ގާތް އަދި މުނާޒް ސީރިއާގައި ހުރެގެން އެމީހުންނާ ބައިވެރިވެ ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން ރެކްރޫޓު ފަރާތެއް ކަން ފާހަގަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޔާމީނު ވަނީ މިސްބާހުގެ މައްޗަށް އަބުރުގެ ދައުވާ ކުރަން ވެސް ނިންމާފަ އެވެ. އެގޮތުން، އެމަނިކުފާނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށްވާއިރު މިސްބާހު ދެއްކެވި ވާހަކަތަކަކީ ސިޔާސީ ގޮތުން ވަކި މަގުސަދެއް ހާސިލްކުރުމަށް ދެއްކެވި ވާހަކަތަކެއް ކަމަށް ޔާމީންގެ ވަކީލުން ބުނެފައި ވެއެވެ.