Advertisement

މަރު ކޮމިޝަނުގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް

23 ޑިސެންބަރު 2022 - 13:32 0

ނިމާ ހަސަން

ނިމާ ހަސަން

މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން؛ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ


މަރު ކޮމިޝަނުގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް

23 ޑިސެންބަރު 2022 - 13:32 0

ގެއްލިވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބެއްލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ދާދިފަހުން އާންމުކުރި، ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މަރާ ގުޅޭ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މަރު ކޮމިޝަނުގެ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަމުގައި ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ބައެއް ކަންކަން ހިމެނޭތީ، އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށާއި، ހާމަކުރެވޭނެ މިންވަރަކަށް އިދާރާތަކުން ހާމަކުރާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރިލްވާންގެ މަރާ ގުޅިގެން ދައުވާ ކުރެވޭނެ މީހުން އަދިވެސް އެބަތިބި ކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިހާރުވެސް ތިން މީހެއްގެ މައްޗަށް ދައުވާ އުފުލިގެން، މައްސަލަ ކުރިއަށްދާކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މަރު ކޮމިޝަނުން މިމަހު 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، ނޫސްވެރިޔާ ރިލްވާން ރަހީނުކޮށް މަރާލާފައިވަނީ ކަރު ބުރިކޮށްލައިގެން ކަމަށާއި އެ ކަމުގައި ބައިވެރި އެންމެންގެ މައުލޫމާތާއި ހެކި ލިބިފައިވާ ކަމަށެވެ. މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. އޭރުއްސުރެ އޭނާގެ މަރުގެ މައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.

މިހާތަނަށް މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. ލެގޫން، އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި މއ. ފާގަފިލާގެ، އަހްމަދު އިސްމާއިލްގެ އިތުރުން އަހްމަދު މުއާޒްގެ މައްޗަށެވެ.