Advertisement

ކެންޏާގެ ކިޕްޔޯކޭ މަނާބޭހަށް ޕޮޒިިޓިވްވެ ބޮސްޓަން މެރަތަން މެޑަލް އަތުލައިފި

21 ޑިސެންބަރު 2022 - 08:08 0

މިދިޔަ އަހަރުގެ ބޮސްޓަން މެރަތަން ނިންމާލުމަށް ފަހު، ކެންޏާގެ ކިޕްޔޯކޭ އަށް މެޑަލް އާއި ތާޖުދެނީ: މަނާބޭހަށް ޕޮޒިޓިވްވެފައިވާތީ އޭނާ އަތުން މެޑަލް އަތުލާނެ.


ކެންޏާގެ ކިޕްޔޯކޭ މަނާބޭހަށް ޕޮޒިިޓިވްވެ ބޮސްޓަން މެރަތަން މެޑަލް އަތުލައިފި

21 ޑިސެންބަރު 2022 - 08:08 0

ޕެރިސް (ޑިސެމްބަރު 21) - ކެންޏާގެ މަޝްހޫރު ދުވުންތެރިޔާ، ޑިއާނާ ޗެމްތާއި ކިޕްޔޯކޭ، މަނާބޭހަށް ޕޮޒިޓިވްވެފައިވާތީ އޭނާ އަތުން މިދިޔަ އަހަރުގެ ބޮސްޓަން މެރަތަން ކާމިޔާބުކުރި މެޑަލް އަތުލަން ނިންމައިފި އެވެ.

އެތުލެޓިކްސް އިންޓެގްރިޓީ ޔުނިޓް (އޭއައިޔޫ) އިން އެންމެ ފަހުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ކިޕްޔޯކޭ، މަނާބޭސް ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

ކިޕްޔޯކޭ، 28، ކުރި ޓެސްޓްތަކުން އެންމެ ފުރަތަމަ މަނާބޭހަށް ޕޮޒިޓިވްވެފައިވާތީ، އޭނާ އަށް ވަގުތީ ސަސްޕެންޝަނެއް ދިނީ މިދިޔަ އޮކްޓޫބަރު މަހުގަ އެވެ. އެއީ ބޮސްޓަން މެރަތަން އަށް ފަހު އެވެ.

ބޮސްޓަން މެރަތަންގައި ކިޕްޔޯކޭ ދުވަނީ: މަނާބޭސް ބޭނުންކޮށްފައިވާކަން ކިޕްޔޯކޭގެ މަައްޗަށް ސާބިތުވީ އަހަރު ދުވަހުގެ ތަހުގީގަކަށް ފަހު.


އެ މައްސަލަ އޭއައިޔޫ އިން އިތުރަށް ބެލުމަށް ފަހު ނިންމީ، ކިޕްޔޯކޭ އަށް ދިން ސަސްޕެންޝަން ރަނގަޅު ކަމަށާއި އޭނާ ބޭނުންކުރީ މަނާބޭހެއް ކަމަށެވެ. އެހެންވެ، ބޮސްޓަން މެރަތަންގައި އޭނާ ހޯދި މެޑަލް އަތުލަން ޖެހޭ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މަނާބޭސް ބޭނުންކުރުމާއި މައުލޫމާތު އޮޅުވާލަން ލިޔެކިޔުންތައް ފޯޖުކުރި މައްސަލަ ވެސް ކިޕްޔޯކޭ މައްޗަށް ސާބިތުވުމާ އެކު އޭނާ އަށް ހަ އަހަރުގެ ސަސްޕެންޝަނެއް އަންނާނެ އެވެ. ކިޕްޔޯކޭގެ ސަސްޕެންޝަން 2028 ވަނަ އަހަރާ ހަމައަށް ދިގުދެމިގެންދާއިރު، އޭނާ އަށް ލިބުނު ބޮސްޓަން މެރަތަން ދެން ލިބޭނީ ވެސް ކެންޏާ އެތުލީޓަކަށެވެ. އެއީ ދެ ވަނައިގައި ނިންމި، އެޑްނާ ކިޕްލަގަތު އަށެވެ.

މި އަހަރަކީ ކެންޏާގެ ގިނަ އެތުލީޓުންތަކެއް މަނާބޭހަށް ޕޮޒިޓިވްވެގެން ފިޔަވަޅު އެޅި އަހަރެކެވެ. އެ ގޮތުން މި އަހަރުގެ މިހާތަނަށް ކެންޏާ އަށް ނިސްބަތްވާ 22 އެތުލީޓެއްގެ މަނާބޭހުގެ މައްސަލަ ބަލައި، ވަނީ ފިޔަވަޅު އަޅައިފަ އެވެ.