Advertisement

މަމީ ނޫޑުލްސްގެ 50 ކޭސް ގަނެގެން 1 ކޭސް ހިލޭ!

21 ޑިސެންބަރު 2022 - 08:48 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މަމީ ނޫޑުލްސްގެ 50 ކޭސް ގަނެގެން 1 ކޭސް ހިލޭ!

21 ޑިސެންބަރު 2022 - 08:48 0

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ނޫޑުލްސް ބުރޭންޑު، މަމީ ނޫޑުލްސްގެ ފަންސާސް ކޭސް ގަނެގެން އެއް ކޭސް ހިލޭ ލިބޭ ޕްރޮމޯޝަނެއް ލިލީ އެންޓަޕްރައިޒަސް އިން ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް މި ޕުރޮމޯޝަން ކުރިއަށް ގެންދާނީ ލިލީގެ އައްޑޫ ފިހާރައާއި ހުޅުމާލޭގައި ހުންނަ ފިހާރައާއި މާލޭގައި ހުންނަ ލާލު ސްޓޯރުގެ އިތުރުން ލިލީގެ މައި ފިހާރައިގައިން އެވެ.

ލިލީ އެންޓަޕުރައިޒަސް އިން ފެށި މި ޕްރޮމޯޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ މީހުންނަށް އަމާޒުކޮށްގެން އެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ރާއްޖޭގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގައި ވެސް އެންމެ މަޝްހޫރު ނޫޑުލްސް، މަމީ އަކީ ކެއްކުމަށް މާގިނަ ވަގުތު ހޭދަނުކޮށް ފަސޭހައިން ތައްޔާރުކޮށްލެވޭ ގޮތަށް ބަންދު ކޮށްގެން އުފައްދާފައިވާ އުފެއްދުމެކެވެ. މިއަދު ރާއްޖޭގެ ވިޔަފާރި ފުޅާވެ، އެތައް ބައިވަރު ނޫޑްލްސްގެ ތަފާތު ވައްތަރުތައް ރާއްޖެއަށް ތައާރަފުކޮށްފައި ހުރި ނަމަވެސް އަދިވެސް ރާއްޖޭގައި އެންމެ މަގުބޫލު ނޫޑްލްސް އަކީ މަމީ އެވެ.

ލިލީގެ ފިހާރަތަކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން އެންމެ ގިނަދުވަސްވީ އެއް ކުންފުންޏެވެ. އެ ކުންފުނިންވަނީ އެންކަރު ބުރޭންޑު ފަދަ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެތައް އުފެއްދުމެއް ރާއްޖެއަށް ތައާރަފު ކޮށްފަ އެވެ.