Advertisement

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބަލަހައްޓަން ޖަޕާނުން 80 މިލިއަން ރުފިޔާ ދެނީ

19 ޑިސެންބަރު 2022 - 17:58 0

ފައިސާ ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެހީ ދެނީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް މަސައްކަތް ކުރާ ޕްރޮގްރާމުގެ ތެރެެއިން -- ފޮޓޯ: ފޮރިން މިނިސްޓްރީ


ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބަލަހައްޓަން ޖަޕާނުން 80 މިލިއަން ރުފިޔާ ދެނީ

19 ޑިސެންބަރު 2022 - 17:58 0

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބަލަހައްޓަން ޖަޕާނު ސަރުކާރުން ރާއްޖެއަށް 80 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކުނި ބަލަހައްޓަން ރާއްޖެއަށް ޖަޕާނުން ފައިސާގެ އެހީ ދީފައި މި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސޫކޭ ރާއްޖެއަށް ވަޑައިގެންނެވުމަށްފަހު އެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖެއާ ޖަޕާނު ސަރުކާރާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނި ބެލެހެއްޓުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެނީ 700 މިލިއަން ޔެން އެވެ. އެއީ ގާތްގަނޑަކަށް 80 މިލިއަނެއްހާ ދިވެހި ރުފިޔާ އެވެ.

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޝުންސޫކޭ އެވެ. އެ ފައިސާ ދެނީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުންނެވެ.

މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމު ކަމަށް ދިވެހިރާއްޖެވާއިރު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތިމާވެއްޓަށް ރައްކާތެރި ގޮތަކަށް ކުނި ނައްތާލުމެވެ. އެ މަސައްކަތް ކުރުމަށް މިހާރު ސަރުކާރުން ވަނީ ކުނި ޖަމާ ކުރާ ތިލަފުއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ކުނީގެ މައްސަލަ ހައްލު ކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.