Advertisement

ގަތަރު ވޯލްޑް ކަޕާ ގުޅޭ ފާޑުކިޔުންތަކަށް ބެކަމް ދިނީ ފިނި ރައްދެއް

18 ޑިސެންބަރު 2022 - 12:50 0


ގަތަރު ވޯލްޑް ކަޕާ ގުޅޭ ފާޑުކިޔުންތަކަށް ބެކަމް ދިނީ ފިނި ރައްދެއް

18 ޑިސެންބަރު 2022 - 12:50 0

ދޯހާ، ގަތަރު (ޑިސެމްބަރު 18) - ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެ އަށް އުއްމީދާއި ކުރިއެރުން ހޯދައިދިން ކަމެއްގެ ގޮތުގައި ވޯލްޑް ކަޕްގެ އެމްބެސެޑަރު، މަޝްހޫރު ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމް ސިފަކޮށްފި އެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި ގުޅޭގޮތުން ބެކަމް ވާހަކަ ދައްކާފައި މި ވަނީ މުބާރާތުގައިގ ހުރި ގޯސްކަންތައްތަކާއި ގުޅޭގޮތުން ބެކަމް ވާހަކަ ނުދައްކަނީ އެމްބެސެޑަރުގެ ގޮތުގައި އޭނާއަށް ދީފައި ހުރި ލާރީގެ ސަބަބުން ކަމަށް ބުނެ އޭނާ އަށް ފާޑުކިޔާފައިވާ ދަނޑިވަޅެއްގަ އެވެ.

ޔޫރަޕްގެ ނޫސްތަކުން ބުނަނީ ޔޫރަޕްގެ ގައުމުތަކުން މުބާރާތާއި ގުޅޭގޮތުން ދައްކަމުން އަންނަ ގޯސް ވާހަކަތަކަށް ތާއީދުކޮށް އެއްވެސް އެއްޗެއް ބުނަން ބެކަމް ބޭނުންނުވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެމްބެސެޑަރުގެ ގޮތުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ އަނގަބަންދު ކުރަން ގިނަ އަދަދެއްގެ ފައިސާ ދެމުން އަންނަ ކަަމަށް ވެސް ޔޫރަޕްގެ ނޫސްތަކުގައި ލިޔެފައިވެ އެވެ.

މި ފާޑުކިޔުންތަކަށް ބެކަމް ދީފައިވަނީ ފިނި ޖަވާބެކެވެ. ބެކަމް ބުނީ ކުޅިވަރަކީ މުޅި ދުނިޔެ އަށް ރަނގަޅު ކަންތައްތައް ފަތުރައި އެކަމަށް ބާރުއަޅާ ކަމެއް ކަމަށާއި، ގަތަރު ވޯލްޑް ކަޕުން ވެސް ފެންނަނީ އުއްމީދީ މަންޒެއް ކަމަށެވެ.


އެ ގޮތުން އަރަބި ގައުމަކުން ބޭއްވި ފުރަތަމަ މުބާރާތަކީ އަރަބިންގެ ސަގާފަތާއި ހިތްހެޔޮކަން މީހުންނަށް ދައްކައިދިން ނަމޫނާ މުބާރާތެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ. އޭނާ ބުނީ އެކި މީހުންގެ ހިޔާލުތައް ތަފާތު ވާނެކަމަށާއި ނަމަވެސް އެއީ މުބާރާތުގައި ހުރި ރަނގަޅު ކަންކަން ފާހަގަނުކޮށް ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ބެކަމް އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ އެއް ކަމަކީ ވޯލްޑް ކަޕްގައި އެއްޖިންސުން ގުޅުން ހިންގުމަށް ބާރު ލިބޭ ބޭންޑްތަކާއި ބެނާތައް ބޭނުން ކުރުން ގަތަރުން މަނާކުރުމާއި ގުޅޭގޮތުން އޭނާ ބަސް ނުބުނާތީ އެވެ. އިންގްލެންޑާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން މި ކަމާ ދެކޮޅަށް ގިނަ ފަހަރެއްގެ މަތިން ވާހަކަދައްކާފައިވާއިރު، ޓީމުތަކުގެ ކުޅުންތެރިން ވެސް ވަނީ ފާޅުގައި އެއްޖިންސުން ގުޅުން ހިންގުމަށް ބާރުލިބޭ ވާހަކަތައް ދައްކާފަ އެވެ.

މުބާރާތުގެ އެމްބެސެޑަރުގެ ގޮތުގައި ބެކަމް އަށް ކުރެވުނު މަސައްކަތާ އަޅާ ބަލާއިރު އޭނާ އަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ބުނެވެސް ފާޑުކިޔުންތައް އަމާޒުވި އެވެ. މުބާރާތުގެ މެޗުތައް ބަލަން ސްޓޭޑިއަމުން ވެސް ބެކަމް ފެނިފައިވަނީ އާންމުކޮށް ފެންނަ ވަރަށް ވުރެ މަދުންނެވެ. އެހެންކަމުން، ބެކަމްގެ އަކީ މިފަހަރު ގަތަރުން ބޭނުންވާ ކަންކަމަށް ފާޅުގައި ނުރުހުން ފާޅުކުރަން ބޭނުން ނުވާ މީހެއްކަމަށް މީޑީއާ ތަކުން ރިޕޯޓުކުރެ އެވެ.

މުބާރާތުގެ އެންމެ ފަހު މެޗުގެ ކުރިން ބެކަމް މުބާރާތާއި ގުޅޭގޮތުން ވާހަކަދައްކާފައި މިވަނީ މުޅި މުބާރާތުގެ ފޯރިގަދަ އެތައް ކަމެއް ހިނގާފައިވަނިކޮށެވެ. ވަކިން ހާއްސަކޮށް ރެފްރީންނާ ގުޅޭގޮތުން އިނގިރޭސި ކުރީގެ އެތައް ތަރިންނެއް ވާހަކަދެއްކި އިރުވެސް ބެކަމް ހުރީ ބަހެއް ނުބުނެ އެވެ. މިއީ އިނގިރޭސި ސަޕޯޓަރުން އެހާ ގަޔާވިކަމަކަށް ނުވި އެވެ.

ބެކަމް އަކީ އޭނާ ރިޓަޔާ ކުރި ފަހުން ފީފާގެ އެމްބެސެޑަރުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުރީގެ ކުޅުންތެރިއެކެވެ. އޭނާ އަކީ އިނގިރޭސިވިލާތުން ވޯލްޑް ކަޕް ބޭއްވުމަށް މީގެ ކުރިން ދެ ފަހަރަށް ބިޑްކުރިއިރު ވެސް އެގައުމުގެ މަންދޫބުގެ ގޮތުގައި ފީފާގައި މަސައްކަތްކުރި މީހާ އެވެ.