Advertisement

ކުޑަގިރިއަށް މުވައްޒަފުން ހޯދަނީ؛ މުސާރަ ރަނގަޅު

15 ޑިސެންބަރު 2022 - 13:10 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ކުޑަގިރި އައިލެންޑް


ކުޑަގިރިއަށް މުވައްޒަފުން ހޯދަނީ؛ މުސާރަ ރަނގަޅު

15 ޑިސެންބަރު 2022 - 13:10 0

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީ ކުރި ކ.ކުޑަގިރިއަށް މުވައްޒަފުން ހޯދަން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެކި ވަޒީފާތަކަށް މީހުން ނެގުމަށް ބާއްވާ އޯޕަން ޑޭ އެއް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އެޗްޑީސީގެ ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހޮނިހިރު ދުވަހު ބާއްވާ އޯޕަން ޑޭއަށް، އައިޑީކާޑުގެ ކޮޕީ އާއި ތައުލީމީ ފެންވަރާއި، މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔެކިއުންތައް ހިފައިގެން އައުމުން، ވަޒީފާތަކަށް ކުރިމަތިލެވޭނެކަމަށް އެޗްޑީސީން ބުންޏެވެ.

ބޮޑު މުސާރަ އާއެކު 17 ދާއިރާއަކުން މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި، އެގްޒެކެޓިވް ސެކްރެޓަރީ، އެކައުންޓެންޓް، ރޫމް އެޓެންޑެންޓް، ސޭލްސް އެންޑް ރިޒަވޭޝަން ކޯޑިނޭޓަރު، ރިސެޕްޝަނިސްޓް، ޓެނެންޓް މެނޭޖްމަންޓް ކޯޑިނޭޓަރު، މާކެޓިން އެންޑް ޕީއާރް ކޯޑިނޭޓަރު، މަސައްކަތު މީހުން ފަދަ ދާއިރާތައް ހިމެނެ އެވެ.

މި މަގާމުތަކުގެ މުސާރަ އުޅެނީ 8،500ރ. އިން ފެށިގެން 23،000ރ. އާ ދެމެދުގަ އެވެ.