Advertisement

ފިނި މޫސުމުގައި ހަނގުރާމަ ކުރަން އިތުރު ހަތިޔާރު ހޯދަން ޔޫކްރެއިނުން އެދެފި

14 ޑިސެންބަރު 2022 - 09:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ސިފައިންނާ އެކު. -- ފޮޓޯ: ބްރިކޯޑާ


ފިނި މޫސުމުގައި ހަނގުރާމަ ކުރަން އިތުރު ހަތިޔާރު ހޯދަން ޔޫކްރެއިނުން އެދެފި

14 ޑިސެންބަރު 2022 - 09:22 0

ކިޔެވް، ޔޫކްރެއިން (ޑިސެމްބަރު 13) - "ފިނި މޫސުމުގެ ތެރޭގައި ހަނގުރާމަ ކުރިއަށް ގެންދަން" އިތުރު ހަތިޔާރު ހޯދަން ޔޫކްރެއިނުން އެދެފި އެވެ.

"ހަނގުރާމައިގެ ބޮޑުމިނާއި، ރަޝިއާއިން ހަގީގަތް ގަބޫލުކޮށް ޔޫކްރެއިނުން ފައިބަން ދެކޮޅު ހަދާތީ، މި ފިނި މޫސުމުގައި ވެސް ހަނގުރާމަ ކުރިއަށް ގެންދިޔުން މުހިއްމު،" ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ ވިދާޅުވި އެވެ.

"ރަޝިއާގެ ބިރުވެރިކަމުން އަޅުގަނޑުމެންގެ އާއްމު ރައްޔިތުން ސަލާމަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ރަޝިއާ ބަލިކުރުން."

އޭނާ އިނގިރޭސިބަހުން ނިއުސް ކޮންފެރެންސް ކުރިއަށް ގެންދެވީ ވެރިރަށް ކިޔެވްގެ ބޮން ޝެލްޓަރެއްގައި ހުންނަވައިގެންނެވެ. ރަޝިއާގެ ވައިގެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ އެކި ހިސާބުތަކުން އޭރު ވެސް ސައިރެންގެ އަޑުފަށްގަނޑު އިވެ އެވެ.

ކުލެބާ ވިދާޅުވީ އިތުރު އެއާ ޑިފެންސް ސިސްޓަމާއި، ވަޒަނާއި، ބަރު އުޅަނދު ޔޫކްރެއިނަށް ބޭނުންވާ ކަމަށެވެ. ހުޅަނގުގެ ގައުމުތަކުން މިހާރު ވެސް ވަނީ ޔޫކްރެއިނަށް އަސްކަރީ އަދި މާލީ އެހީ ފޯރުކޮށްދީފަ އެވެ.

އަންގާރަ ދުވަހު އެ ގައުމުތަކުން ބުނީ ފިނި މޫސުމާ ދިމާކޮށް އެމެޖެންސީ އެހީގެ ގޮތުގައި 1.1 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ހަމަލާތަކުގައި ކަރަންޓު ވިޔުގައަށް ގެއްލުންވެ، ހަކަތަ ނުލިބޭތީ އާއްމުންނަށް އެހީވުމުގެ ގޮތުން އިއުލާން ކުރި ފައިސާ އެވެ.