Advertisement

ފައިސަލް ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލީހަށް

13 ޑިސެންބަރު 2022 - 16:35 1

ހަސަން މުހައްމަދު

ހ

Advertisement

މެމްބަރު އާދަމް ޝަރީފް: އެދިވަޑައިގަތީ ކޮމެޓީ މެދުވެރިކޮށް އެ މައްސަލަ ބެއްލެވުމަށް -- ފޮޓޯ: މަޖިލިސް


ފައިސަލް ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލީހަށް

13 ޑިސެންބަރު 2022 - 16:35 1

Advertisement

Advertisement

ހދ. ނޮޅިވަރަމުގައި އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ފައިސަލް އަބޫބަކުރު އެ އަތޮޅު ކުޅުދުއްފުށި ސިޓީ ޖަލު ގޮޅިއެއްގައި ބަންދުކޮށްފައިި ހުއްޓާ ދަންޖެހުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އާދަމް ޝަރީފް މިއަދު އެދިވަޑައިގަތީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ މެދުވެރިކޮށް ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށެވެ. ރޭގެ ވަގުތެއްގައި ދަންޖެހުނު ފައިސަލް، 30، މިވަގުތު އޮތީ އައިސީޔޫގަ އެވެ.

Advertisement

"ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަބޫބަކުރު ފައިސަލް މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު ފުލުހުންނަށް އެކަން ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތް،" އެ ސިޓީގައި ބުނެފައިވެ އެވެ.

ފައިސަލްގެ ސަލަމާތްތެރިކަން ޔަގީންނުކުރެވުނު ސަބަބު ބުނެނުދެވުނު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފައިސަލް އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ކްރިޓިކަލް ކަމަށް

ފައިސަލްގެ ސަލަމާތްތެރިކަން ޔަގީންނުކުރެވުނު ސަބަބު ބުނެނުދެވުނު

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ ފައިސަލް އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު ކްރިޓިކަލް ކަމަށް

Advertisement

ފައިސަލްގެ އަނބިމީހާ ނިޝާމާ މުހައްމަދު، 28، ޝައްކު އުފެދޭ ގޮތަކަށސް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ދެމަފިރިންނަށް ހަތް އަހަރުން ދަށުގެ ތިން ކުދިން ހުރެ އެވެ. އެ ކުދިން މިވަގުތު ބަލަހައްޓަމުންދަނީ އަންހެންމީހާގެ އާއިލާގެ މީހުންނެވެ.

ފައިސަލަށް މިވަގުތު އައިސީޔޫގައި ފަރުވާދެމުންދަނީ މެޝިނަކުން އޭނާއަށް ނޭވާ ލައްވައިގެނެވެ. އޭނާ ދަންޖެހުނު ހާދިސާގެ އެއްވެސް ތަފުސީލެއް ދޭން ފުލުހުން ވަނީ އިންކާރުކޮށްފަ އެވެ. އޭނާ ބަންދު ކުރީ ކޮން ތުހުމަތެއްގައިކަން ވެސް ފުލުހުން ނުބުނެ އެވެ.

ފައިސަލް މަރުވާން އުޅުނު މައްސަލަ މިހާރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގައި އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ބިރުބޮޑު

over 2 years ago

މމމމމމދަތްދޮޅި އަބަދުވެސް އުުޅެނީ އަންނި މެން ކަހަލަ ކުއްވެރީންގެ ދިފާއުގައި ބަސްބުނާމަންޒަރު ވަރަށް ވަރަށް ސާފް