Advertisement

މުޅިން އާ ޑިޒައިންތަކުގެ އަންނައުނާ އެކު ކްލެސިކް ރީސްޓޮކް ކޮށްފި

13 ޑިސެންބަރު 2022 - 17:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަމީރުއަހުމަދު މަގުގައި ހުންނަ ކްލެސިކް ފިހާރަ. އެ ފިހާރަ ހުންނަނީ ކުރީގެ އިސްލާމިކް ބޭންކު ކުރިމަތީގައި. -- ފޮޓޯ: އަދަދު


މުޅިން އާ ޑިޒައިންތަކުގެ އަންނައުނާ އެކު ކްލެސިކް ރީސްޓޮކް ކޮށްފި

13 ޑިސެންބަރު 2022 - 17:11 0

މުޅިން އާ ކުލަތަކާއި ޑިޒައިންތަކުގެ އަންނައުނާއެކު ޖިއަޑާނޯ އަދި ޖީ2000 ގެ ރާއްޖޭގެ އޮތޮރައިޒްޑު ޑިސްޓުރިބިއުޓާ، ކްލެސިކް ފިހާރަ ރީސްޓޮކްކޮށްފި އެވެ.

އެ ފިހާރައިން އަލަށް ތައާރަފު ކޮށްފައިވަނީ ފިރިހެނުންގެ ހާއްސަ ތަފާތު މެޓީރިއަލްތަކާއި ޑިޒައިންތަކުގެ ޖީ2000 ބުރޭންޑުގެ ފަޓުލޫނާއި ގަމީހާއި ޓީޝާޓާއި ޕޯލޯ އެވެ. އަދި އަންހެނުންނަށް ހާއްސަ ފޯމަލް އަދި ކެޝުއަލް ގަމީހާއި ހެދުމާއި ފަޓުލޫނު ވެސް ކްލެސިކުން ތައާރަފުކޮށްފައިވެ އެވެ.

އެ ފިހާރައިން ބުނީ އަލަށް ތައާރަފު ކުރި އަންނައުނުގެ ތެރޭގައި ސަތޭކަ ޕަސަންޓު ކޮޓަން އަދި ޓެކްވޯކްގެ އަންނައުނު ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ފަޓުލޫނުތަކުގެ ތެރޭގައި ސްލިމް، އަލްޓުރާ ސްލިމް، ސްމާޓު، ރެގިއުލާގެ އިތުރުން ކޮމްފޯޓު ފިޓު ހިމެނޭކަމަށާއި ގަމީހުގެ ތެރޭގައި ސްލިމް، ސްމާޓު އަދި ރެގިއުލާ ފިޓޫ ހިމެނޭއިރު، ޓީޝާޓުގެ ތެރޭގައި ކޮމްފޯޓު އަދި ސްމާޓު ބީޒް ހިމެނޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.

އެ ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 11:00 އަށެވެ. ހުކުރު ދުވަހު އެ ފިހާރަ ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

އަމީރު މަގުގައި ހުންނަ ކްލެސިކް ފިހާރައިން ޖީ2000 އަދި ޖިއަޑާނޯ ބުރޭންޑުގެ ކޮލެޓީ ރަނގަޅު އަންނައުނު ވިއްކަމުންދެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ފިހާރައިން އެ ބުރޭންޑުތަކުގެ ތަފާތު އަންނައުނުތައް ތައާރަފު ކުރަމުން ދާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.