Advertisement

ކްލެސިކްގެ ލޯޔަލްޓީ ކާޑު ތައާރަފުކޮށްފި

30 އޮކްޓޯބަރު 2022 - 21:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކްލެސިކް ފިހާރައިން އަލަށް ތައާރަފުކުރި ކްލެސިކް އޮނާސް ކާޑު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ކްލެސިކް


ކްލެސިކްގެ ލޯޔަލްޓީ ކާޑު ތައާރަފުކޮށްފި

30 އޮކްޓޯބަރު 2022 - 21:33 0

ދުނިޔޭގެ މަޝްހޫރު ދެ ބުރޭންޑު، ޖީ2000 އަދި ޖިއަޑާނޯގެ ރާއްޖޭގެ އޮތޮރައިޒްޑު ޑިސްޓުރިބިއުޓާ، ކްލެސިކް ފިހާރައިން "ކްލެސިކް އޮނާސް" ގެ ނަމުގައި އެ ފިހާރައިގެ ލޯޔަލްޓީ ކާޑު ރޭ ތައާރަފުކޮށްފި އެވެ.

ލޯޔަލްޓީ ޕުރޮގުރާމް އިފްތިތާހުކޮށް، ކާޑު ތައާރަފުކޮށް ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ.

ކްލެސިކް ލޯޔަލްޓީ ޕުރޮގުރާމް އިފްތިތާހު ކުރުމުގެ ހަފްލާއަށް އެ ފިހާރަ ތައްޔާރު ކުރެވިފައި. ފޮޓޯ: އަދަދު/ފައިލް


ކްލެސިކް ފިހާރައިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް ލޯޔަލްޓީ ކާޑު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ފިހާރައިން ކުރާ ވިޔަފާރީގެ ތެރެއިން ކޮންމެ 30ރ. އަކަށް އެއް ޕޮއިންޓު ލިބޭނެ އެވެ. "ކްލެސިކް އޮނާސް" ކާޑު ލިބޭނީ 100 ޕޮއިންޓު ހަމަވުމުންނެވެ.

"މި ފިހާރައިން ވިޔަފާރި ކޮށްފައި ހުރި ފަރާތްތަކަށް ލިބިފައި ހުރި ޕޮއިންޓު ވެސް ހިމަނައިގެން ކަލްކިއުލޭޓު ކުރާނީ. ކޮންމެ 30ރ. އަކަށް އެއް ޕޮއިންޓު ލިބޭނެ، 3000ރ. ގެ ވިޔަފާރި ކުރައްވައިގެން 100 ޕޮއިންޓު ލިބިލެއްވީމަ [ލޯޔަލްޓީ ޕުރޮގުރާމުގެ ދަށުން] އެ ޕޮއިންޓުތައް ރިޑީމް ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" ކްލެސިކްގެ މާކެޓިން މެނޭޖަރު ފާތިމަތު ހަޔާއު ވިދާޅުވި އެވެ.

ލޯޔަޓީ ކާޑު ބޭނުންކުރަން ފަށާނީ ނޮވެމްބަރު 1 އިން ފެށިގެންނެވެ.

ހަޔާއު ވިދާޅުވީ ލޯޔަލްޓީ ކާޑު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޕޮއިންޓު ރިޑީމް ކުރެވޭނީ އެ ފިހާރަައިގައި އިތުރު ޕުރޮމޯޝަނެއް ނުވަތަ ހާއްސަ ޑިސްކައުންޓު ސޭލެއް ކުރިއަށް ނުދާ ވަގުތެއްގަ އެވެ.

ކްލެސިކް ފިހާރައިން އަލަށް ތައާރަފު ކޮށްފައި ވަނީ ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ކާޑަކާއި އެ ފިހާރައިގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓު ކާޑެއް -- ފޮޓޯ: އަދަދު/ފައިލް


ކްލެސިކްގެ މުވައްޒަފުންނަށް ހާއްސަ ޑިސްކައުންޓު ޕެކޭޖެއް ވެސް ރޭ ތައާރަަފުކުރި އެވެ. އެ ޕެކޭޖުގެ ދަށުން އެ ފިހާރައިގެ މުވައްޒަފުންނަށް 20 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ކްލެސިކް ފިހާރައިން ކުރިއަށްގެންދާ ހުރިހާ ޕުރޮމޯޝަންތަކަށް ވެސް ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ. އެ ފިހާރައިން ޖިއަޑާނޯ އަދި ޖީ2000 ބުރޭންޑުގެ އަންހެން އަދި ފިރިހެން ބޭފުޅުންގެ އަންނައުނު ވެސް ވިއްކައެވެ.